ކައުންސިލް ލޮގިން

އެޑްމިނިސްޓްރޭޝަން އެޗް. އާރު އެންޑް އިންފޮމޭޝަންސް

މައިގަނޑު މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް އިދާރި ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  2. ކައުންސިލް އިދާރާ ހިންގުން.
  3. ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުން
  4. އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ފާހަނގަކުރާ އެކިއެކި މުނާސަބާތައް ފާހަގަކުރުން.
  5. އަތޮޅުފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތައް ރާވާ، ހިންގާ ބެލެހެއްޓުން.
  6. އިދާރާގެ ވެބްސައިޓް އަޕްޑޭޓްކުރުމާ، ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ބެލެހެއްޓުން.
  7. އަތޮޅުގައި ހިނގާ ބޮޑެތި ޙާދިޘާތަކާ، ދިމާވާ ޤުދުރަތީ ޙާދިޘާތަކާ ގުޅިގެން ފޮނުވަންޖެހޭ މަޢުލޫމާތު، ކަމާބެހޭ މުއައްސަސާތަކަށް ފޮނުވައި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  8. އަތޮޅު ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުމަށް ތާވަލެއް ހަމަޖައްސާ، ހަމަޖެހިފައިވާ އުޞޫލް މުވައްޒަފުންނަށް އަންގާ އެކަން ހިނގާ ނުހިނގާގޮތްބެލުން.
  9. އަތޮޅުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ޓޭބަލް ތައްޔާރުކޮށް ބެލެހެއްޓުން.
  10. އަތޮޅު ކައުންސިލް އިދާރާއާ އަތޮޅުގޭގެ މުވައްޒަފުންގެ އިތުރުގަޑީގެ ޙާޟިރީ ބަލަހައްޓާ، މަސްނިމުމުން ދޭންޖެހޭ ފައިސާގެ ރިޕޯޓްތައްޔާރުކޮށް ބަޖެޓް އެންޑް ފައިނޭންސަށް ހުށަހެޅުން.
  11. އަތޮޅު ކައުންސިލް އިދާރާއިން ކުރާ ދަތުރުތަކުގެ ޔައުމިއްޔާއާއި، ޚާއްޞަ ޔައުމިއްޔާއާއި ދަތުރުތަކުގެ ޙާޟިރީ, ލިޔެ ބެލެހެއްޓުން.
  12. އަތޮޅު ކައުންސިލް އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، އެހެނިހެން ތަކެތި ފޮނުވުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކޮށް، އަތޮޅު ކައުންސިލް އިދާރާއަށް ލިބޭ ސިޓީ، މެސެޖްފަދަ ތަކެތި އެންޓްރީކޮށް ޔުނިޓްތަކާ ޙަވާލުކުރުން.
  13. އަތޮޅު ކައުންސިލް އިދާރާގެ ސްޓޮކް ބެލެހެއްޓުން.
  14. އަތޮޅަށްވަޑައިގަންނަވާ އެކިއެކި ވަފްދުތަކަށް ފަރިއްކޮޅާއި އެކަމަޑޭޝަން ހަމަޖައްސައިދިނުން.
  15. ކައުންސިލް އިދާރާއަށާއި އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނަށް ބޭނުންވެގެން ހުށަހަޅާ ތަކެތި ހޯދައިދީ، އޭގެތެރެއިން ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަންޖެހޭ ތަކެތި ހިމެނުން.
  16. ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ބެހޭގޮތުން އަތޮޅު ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  17. އެކިގޮތްގޮތުން ގެއްލިގެން ހޯދުމަށް ހުށަހެޅޭ ތަކެއްޗާ، މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  18. ކައުންސިލް އިދާރާގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ، ދުވަހުން ދުވަހަށް ޔައުމިއްޔާލިޔެ، ހަމަޖެހިފައިވާ އުޞޫލްތަކާ އެއްގޮތަށް ބެލެހެއްޓުން.
  19. ކައުންސިލް އިދާރާގެ ހިންގުން ބަދަލުވެގެންދާ ޙާލަތްތަކުގައި، އިދާރާ ޙަވާލުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުން.
  20. އެކިއެކި މުނާސަބަތުތަކާ އެކިއެކި ކަންކަމާގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ތަހުނިޔާގެ މެސެޖްތަކާ، ތަޢުޒިޔާ އަދި ހަމްދަރްދީގެ މެސެޖްފަދަ ތަކެތި ފޮނުވުން.
  21. އެކިއެކި އިންތިޚާބްތަކާބެހޭ ކަންތައްތައް، އިލެކްޝަންސް ކޮމިޝަނުން އަންގަވާގޮތެއްގެ މަތިން ހިންގާ ބެލެހެއްޓުން.
  22. އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތްކުރައްވާ ސިވިލްސަރވިސްގެ މުވައްޒަފުން މަސައްކަތްކުރައްވަމުން ގެންދަވަނީ ސިވިލްސަރވިސްގެ ޤަވާޢިދާ، ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށްތޯ ކަށަވަރުކޮށް އަޅާންޖެހޭ ފިޔަވަޅު އެޅުން.
  23. މުވައްޒަފުން ތަމްރީނުކުރުމަށާއި، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެކިއެކި ކޯސްތައް ރާވާ ހިންގުމާ، ސަރުކާރުގެ އެކި ދާއިރާތަކުން މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ އެކިއެކި ކޯސްތަކުގައި ބައިވެރިކުރާނެ މުވައްޒަފުން ކަންޑައެޅުމާ، ކޯސްތަކަށް ފޮނުވުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  24. އަތޮޅު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިހުންނަ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާ، އެފަދަ ތަކެއްޗަށް ބޭނުންވާ ސާމާނު ހޯދައިދިނުމާ، އަދި އެފަދަ ތަކެތީގެ ސަލާމަތީ ސެޓިފިކެޓް ހެއްދުމާއި އަހަރީ ފީދެއްކުން.
  25. އަތޮޅު ކައުންސިލް އިދާރާގެ ޙާޟިރީ ޤަވާޢިދުން ލިޔެ ބެލެހެއްޓުމާ، ތައްޔާރުކުރަންޖެހޭ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމާ، ގަޑިޖެހޭ މުވައްޒަފުންގެ ގަޑީލާރި ނެގުމަށް ފޮނުވަންޖެހޭ ރިޕޯޓް ބަޖެޓް އެންޑް ފައިނޭންސަށް ފޮނުވުން.
  26. ސިވިލްސަރވިސްގެ މުވައްޒަފުންގެ ތެރެއިން އަތޮޅު ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންކަން ހަމަޖެހިފައިވާ ޤަވާޢިދުތަކާ އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތީން ހަމަޖައްސައިދިނުމާ، މިކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުމާ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  27. އަތޮޅު ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ސިވިލްސަރވިސްގެ މުވައްޒަފުންގެ ވަޤުތީ ރަޖިސްޓްރީއާ، ދާއިމީ ރަޖިސްޓްރީއާ، މުވައްޒަފުންގެ ރެކޯޑް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  28. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާތަކަށް އަލަށް ލެއްވޭ މުވައްޒަފުންނާ، މަޤާމް ބަދަލުވާ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުން.
  29. ބޭރަށްދާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން.
  30. ވަކި ޔުނިޓަކާ ޙަވާލުކުރެވިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމަކާ ގުޅުންހުރި ޔުނިޓަކާ ޙަވާލުކޮށްގެން އެކަމެއް ހިންގުން.
  31. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކރުން.
  32. އިދާރީ ދާއިރާއެއްގައި ހުންނަދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  33. އަތޮޅު ކައުންސިލްގެ 'މާފަރު' ލޯންޗުގެ އެންމެހާ ކަންކަން ކުރުން.
ކިޔާފައިވަނީ: 581 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 29 ސެޕްޓެންބަރ 2014 14:40

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit