ބަޖެޓް އެންޑް ފައިނޭންސް
މައިގަނޑު މަސައްކަތްތައް
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ހޯދުމުގެ އެންމެހާ ކަންތައްތައް ކުރުމާއި ބަޖެޓާބެހޭގޮތުން އިދާރި ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
- ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބެލުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
- ތަރައްޤިގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާހޯދުމަށް މި ޤާނޫނުގައި ކަންޑާއަޅާފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ވިއްކުން
- ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށް ދިނުމުގައި އެހީތެރިވެދިނުން.
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެ މިނިސްޓްރީތަކާއި އޮފީސްތަކުން، އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.
- އިދާރީ ދާއިރާއެއްގައި ހުންނަދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުން.
- ސަރުކާރުގެ އެކި ފަރާތްތަކުންނާއި އަމިއްލަ އެކިފަރާތްތަކުން، އަތޮޅު ކައުންސިލްގެ އިދާރާއަށް ދައްކާ ފައިސާއާއި ޗެކް ބަލައިގަތުމާ، އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާއާއި ޗެކް ޙަވާލުކުރުމާ، މިކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ (ޤާނޫނު ނަންބަރު:2006/3) އާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާ، ޤަވާޢިދުން ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާ، އަތޮޅު ކައުންސިލް މެދުވެރިވެގެން މުސާރަދޭންޖެހޭ އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންނަށް މުސާރައާއި އެލަވަންސް، ކޮއްތު ފައިސާއާ ޢިނާޔަތުގެ ފައިސާ އަދި އިތުރުގަޑީގެ ފައިސާފަދަ މުވައްޒަފުންނަށް ލިބެންޖެހޭ ހުރިހާ ޢިނާޔަތެއް ހޯދައިދީ ޙަވާލުކުރުމާ، މިކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިއުންތައް ޤާވާޢިދުން ބެލެހެއްޓުން.
- އަތޮޅު ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވަން ކަނޑައެޅޭ ތާރީޚަކަށް ފޮނުވަންޖެހޭ ކަމާބެހޭ މުއައްސަސާއަކަށް ފޮނުވުން
- އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމާ، ބަޖެޓުން ޚަރަދުކުރުމަށް ނަގަންޖެހޭ ފައިސާ ނެގުމާ، ފައިސާގެ ހިސާބުތައް ޤަވާޢިދުން ބަލަހައްޓާ، ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުން.
- ޒަކާތާބެހޭ ކަންކަން ރަށު ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކުރުވުމާ، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާ، މިކަމާ ގުޅިގެން ރަށު ކައުންސިލްތަކަށް ފޮނުވަންޖެހޭ ފައިސާގެ ރަސީދުފޮތް ހޯދުންފަދަ އެންމެހައި ކަންކަން ހަމަޖައްސައިދިނުމާއި އެކަންކަން ބެލެހެއްޓުން.
- ދައުލަތުގެ ޕެންޝަން ޙައްޤުވާ މީހުންނަށް ޕެންޝަންގެ ފައިސާދިނުމުގެ ކަންތައްތައް ބެލެހެއްޓުމާއި އަދި އެކިއެކި ޢިނާޔަތުގެ ގޮތުން ދައުލަތުން އެކި ފަރާތްތަކަށް ރައްދުކުރުމަށް ފޮނުވާ ފައިސާގެ ކަންކަން ބެލެހެއްޓުން
- ސިވިލަސަރވިސް މުވައްޒަފުން، ކުރެޑިޓް ސްކީމްގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފައިސާ ފޮނުވުމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- އިދާރާއަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި ޓެންޑަރކޮށް އިވަލުއޭޓްކުރުމާ، މިގޮތުން ހޯދާ މުދަލާއި ޚިދުމަތްތައް ޤަވާއިދުތަކާ އެއްގޮތަށް ހޯދައިދީ، އެ ޚިދުމަތަކަށް އެދުނު ޔުނިޓަކަށް ފޯރުކޮށްދިނުން
- އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވެގެން ހުށައަޅާ، އެންމެހައި ތަކެއްޗާއި މެޝިނަރީޒްފަދަ ތަކެތި ހޯދައިދިނުން.
- ސަރުކާރުގެ އެކިފަރާތްތަކުން އަގުއަދާކުރުމަށް އެކިފަރާތްތަކަށް ދޫކުރައްވާ ތަކެތީގެ ތެރެއިން އަތޮޅު ކައުންސިލްގެ އިދާރާއަށް ފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެހިފައިވާ ތަކެއްޗާއި ތަންތަނަށް ދައްކާ ފައިސާ ބަލައިގަތުމާއި މިފަދަ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޤަވާޢިދުން ބަލަހައްޓަންޖެހޭ ލިޔެކިޔުމާއި ހިސާބުތައް ބެލެހެއްޓުން.
- އަތޮޅުއެކައުންޓްތައް ބެލެހެއްޓުމާ، ރަށްރަށުގެ އެކައުންޓްތައް މޮނިޓަރކޮށް، ރަށްރަށުގެ މާލިއްޔަތަށް ލިބޭ ފައިސާގެ ހިސާބުތައް ކޮންމެ ތިންމަހުން އެއްމަހު ބަލާ ޗެކްކުރުން.
- އަތޮޅު ކައުންސިލް އިދާރާގއި ރައްކާކޮށް ބަހައްޓަންޖެހޭ ހުރިހާ ފައިސާއެއް އަތޮޅު ކައުންސިލުން ކަނޑައަޅުއްވާ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި، ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ޤަވާޢިދުން ތައްޔާރުކޮށް ކޮންމެވަގުތެއްގައިވެސް ފެންނާނެހެން ލިޔެ ބެލެހެއްޓުން.
- ރަށު ކައުންސިލް އިދާރާތަކުގެ އިންޓާނަލް އޮޑިޓާބެހޭ އެންމެހައި ކަންކަން ކުރުމާއި ބެލެހެއްޓުން.
- ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގައި އޮންނަ އަތޮޅު ކައުންސިލް އިދާރާގެ އެކައުންޓްތަކަށް ޖަމާކުރާ ފައިސާ އަތޮޅު ކައުންސިލް އިދާރާއަށް ގެނެސް، އެފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކޮށް އެކައުންޓްތަކާ އެންމެހައި ހިސާބުތައް ލިޔެ ބެލެހެއްޓުން.
- އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެތެރެއިން އަތޮޅު ކައުންސިލް އިދާރާއަށް އަހަރީފީ ދައްކާ ތަކެއްޗަށް ދޭންޖެހޭ ސްޓިކަރހޯދައިދިނުމާ، އެފަރާތްތަކާ ޙަވާލުކުރުން.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދާއިރާއިން އަތޮޅުގައި ހިންގަންޖެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުން.
- ޔުނިޓާއި ޙަވާލުކުރެވިފައި ހުންނަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ، ލިޔެކިޔުންތައް ވަކި އިންތިޒާމެއްގެ މަތިން ފައިލްކޮށް، ނައްތާލަންޖެހޭ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލްތަކާއެއްގޮތަށް ނައްތާލުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ އިދާރާ ހިންގަވަން ހުންނަވާ ވެރިޔަކު، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީއެންމެ އަވަހަށް ނިންމުގައި އެބޭފުޅަކާ އެހީތެރިވެ އެއްބާރުލުންދީގެން މަސައްކަތްކުރުން.
- ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.
- މީގެ އިތުރުންވެސް އަތޮޅު ކައުންސިލުން ދޭންޖެހޭނެކަމަށް ޤާނޫނުނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން