ކައުންސިލް ލޮގިން

އިންފްރާ ސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

މައިގަނޑު މަސައްކަތްތައް

  1. ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބެލުން.
  2. ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުން.
  3. ޟަރޫރީ ބޭނުންތައް ފުއްދައިނުގަނެވޭފަދަ މީހުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާ، އެފަދަ މީސްމީހުންނަށް ދޫކުރައްވާ ފައިސާ އެފަރާތްތަކާއި ޙަވާލުކުރުމަށް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގައި ދެންނަވާ، އެކަން ހިގާގޮތް ބެލެހެއްޓުން.
  4. އަރުވާލިމީހުންނާއި ގޭގައި ބަންދުކުރެވޭމީހުންގެ ރެކޯޑް ބެލެހެއްޓުމާއި އެފަދަ މީހުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސާދީ އެފަދަ މީހުންނާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. (އެކަމަށް ހިނގާ ޚަރަދު ހޯދައި ފައިސާގެ މައްސަލަ ހަމަޖެހުމުން ބަޖެޓް އެންޑް ފައިނޭންސަށް ފޮނުވުން)
  5. އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ރަޖިސްޓްރީގެ ކަންތައްތަކާއި އަދި މިފަދަ ތަކެތި ގެންގުޅުމާއި ދުއްވުމާއި ބެހޭގޮތުން ރާއްޖޭގެ ޢަމަލުކުރުމަށް ހެދިފައިވާ ޤާނޫނުތަކާޢި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮށް ބެލެހެއްޓުން
  6. އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ފަރާތްތަކަށް ލައިސަންސް ދޫކުރުމަށް ބާއްވާ ލިޔުމުގެ އިމްތިޙާނާ، ޢަމަލީ އިމްތިޙާނު ބޭއްވުމަށްފަހު އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ލައިސަންސް ދޫކޮށް އެކަމުގެ ރެކޯޑްސްތައް ބެލެހެއްޓުން.
  7. އަތޮޅުގެ ތަޢުލީމާއި ޞިއްޙަތާބެހޭގޮތުން އަތޮޅު ކައުންސިލުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ރިޕޯޓް ފޮނުވަންޖެހިއްޖެނަމަ، އެ ރިޕޯޓެއް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން
  8. ދުވަހުން ދުވަހަށް އަތޮޅުގެ ރަށްރަށުން މަސްރިޕޯޓް ހޯދާ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. އައި. ޑީ. ކާޑުހެދުމަށް ބޭނުންވާ މަޢުލޫމާތު، ކަމާބެހޭ ފަރާތަށް ފޮނުވުން
  10. ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑް ބެލެހެއްޓުން.
  11. ލޯނަށް އެދޭފަރާތްތަކުން ބަހައްޓާ ރަހުނު ޤާނޫނުގައިވާ ގޮތުގެމަތީން ރަޖިސްޓްރީކޮށް އެކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.
  12. އެކިއެކި ބޭނުންތަކަށް ރުއް ލަކުޑި ހޯދަން އެދޭފަރާތަތަކަށް އެތަކެތި ހޯދައި ދިނުމާއި ސަރުކާރުގެ ސިޓީއަށް ރުއްލަކުޑި ކަނޑައިދިނުމުގެ ކަންތައްތައް ހަމަޖައްސައިދިނުމާ، ވެލި ގާ، އަކިރި ދޫކުރުމުގެ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއެއްގޮތްވާ ގޮތުގެމަތީން އެކަމަށް އެދޭފަރާތްތަކަށް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދިނުން
  13. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށް ބެލެހެއްޓުމާއި، ކުއްޔަށްދިނުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  14. އަތޮޅުގައި ކުރެވޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި މިކަމާގުޅިގެން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތީން އެންމެހައި ކަންކަން ރާވާ ހިންގާ ބެލެހެއްޓުމާއި، އަދި އެކަންކަމާބެހޭ ރިޕޯޓްތައް ޤަވާޢިދުން ކަމާބެހޭ މިނިސްޓްރީއަށް ފޮނުވަމުން ގެންދިއުން.
  15. ޤާނޫން ނަންބަރު 94/6 "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫން" ގައި ވާގޮތުގެމަތީން އަތޮޅުގެ ރައްޔިތުންގެ މެދުގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން.
  16. އިދާރީ ދާއިރާގެ ތަރައްޤީއަށް ތަފާތު ޕްރޮޖެކްޓްތައް ރާވާ ޕްރޮޕޯޝަލް ތައްޔާރުކުރުމަށްފަހު އެޕްރޮޖެކްޓްތަކަށް ބޭނުންވާ އެހީ ސަރުކާރާއި އެހީދޭ ޖަމާޢަތްތަކާއި ގުޅިގެން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުރުން.
  17. ރަށްރަށުގެ ޢުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ރަށްރަށުގެ ރަށު ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްފަދަ އަމިއްލަ އެކިއެކި ފަރާތްތަކުން އެހީ ހޯދުމަށް ހުށަހަޅާ މަޝްރޫޢުތަކުގެ ޕްރޮޕޯޒަލްތަކަށް އެހީ ހޯދައިދިނުމަށް ބާރުއެޅުމާއި މިފަދަ މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވުން.
  18. ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމަށް އިދާރީ ދާއިރާގައި ޕްރޮގްރާމްތައް ރާވާ ހިންގުން.
  19. ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން.
ކިޔާފައިވަނީ: 491 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 29 ސެޕްޓެންބަރ 2014 14:41

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit