ކައުންސިލް ލޮގިން

ގޮެއިދޫ

މި ރަށަކީ އަތޮޅުގެ އެންމެދެކުނުން ގިއޮގްރަފިކަލް ގޮތުން ވަކި އަތޮޅެއްގެ ގޮތަށް (ހޯސްބާރގް އެޓޯލް) 4 ރަށެއް އެކުލެވޭ ބޮޑު ފަޅެއްގެ ތެރެއިން އާބާދީގައި 374 އަންހެނުންނާއި 404 ފިހެނުން ހިމެނޭގޮތަށް ޖުމްލަ 778 މީހުން ދިރިއުޅޭ މިރަށްހިމެނޭ ފަޅުގެ އެންމެ އިރުމަތީ ބިތުގައި އޮންނަ 113 ހެކްޓަރުގެ ބޮޑު ބިޔަރަށެކެވެ. ރަށްކިތަންމެ ބޮޑުވިޔަކަސް ރަށުގެ އާބާދީ ކުޑަވީމަ އެކަސީގެންވާ ތަރައްޤީ އައިސްފައި ނެތްކަން ފާހަގަ ކުރެވެއެވެ. މިރަށަކީ މިފަޅުތެރޭގައިވާ ދެރަށުގެ މީހުން މިރަށް ބަދަލު ކޮއްފިނަމަ ފަސޭހަކަމާއި އެކު ތަރައްޤީ ކުރެވެންއޮތް ރަށެކެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި، ސަރުކާރުވަޒީފާ އަދާކުރުމާއި، ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ. މިހާރަކަށް އައިސް މަސްވެރިކަމުން އާމްދަނީ ހޯދަނީ ވަރަށް މަދު ބައެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތްތައް ކުރެއެވެ. މިރަށުގައި ރައީސް ނަޝީދު ސަރުކާރުން ހަދާދީފައިވާ ވަރަށް ފުރިހަމަ ބަނދަރެއް ބަނދަރެއް އޮވެއެވެ.

ކައުންސިލްގެ އިދާރާ
މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އިމާރާތުގައެވެ.
ތަޢުލީމު
ސަރުކާރާއި ރައްޔިތުން އިމާރާތްކޮށްފައިވާ ސްކޫލެއް މިރަށުގައި ހުރެއެވެ. މިސްކޫލްގައި ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެއެވެ. 1 ކޮމްޕިއުޓަރލެބްގެ ޚިދުމަތް ދެވެމުންދެއެވެ. މި ސްކޫލްގެ ކޮންޕިއުޓަރ ލެބަކީ މިކައުންސިލް އިދާރާއިން ހަދިޔާކުރި 10 ކޮމްޕިޓަރ ސިސްޓަމާއި ވިހަފާރިވެރިޔާ ޤާސިމް އިބްރާހީމް ހަދިޔާކުރި 10 ކޮންޕިއުޓަރ ސިސްޓަމާއި 1 ސްމާރޓްބޯޑާއި އިންޓަރނެޓުގެ ޚިދުމަތް ލިބޭގަތަށް ކޮމްޕިޓަރ ސްޓަޑީޒް ކިޔަވާދެމުންދާ ސްކޫލެކެވެ. މި ސްކޫލް ކޮމްޕިޓަރ ކިޔަވާދޭ ޓީޗަރުގެ މުސާރަ ދެމުންދަނީ ކައުންސިލް އިދާރާއިން ކޮންމެ މަހަކު ދޭ 3000 ރުފިޔާއާއި ކޮމްޕިއުޓަތ ކިޔަވާކުދިން އަތުން ފީނަގައިގެން ލިބޭ ފައިސާ ހިމެނޭގަތަށެވެ.
ޕްރީސުކޫލު ތަޢުލީމް ދެމުން ގެންދަނީ ކައުންސިލް އިދާރާގެ ޕްރީސުކޫލު އިމާރާތުގައި ކައުންސިލް އިދާރާއިންނެވެ.
ޞިއްޙަތު
ގޮއިދޫގައި ސިއްޙީ ޚިދުމަތް މީގެ އަހަރުތަކެއް ކުރިން ދެވެމުން އައީ އާއިލާގެ އެހީތެރިންގެ ފެންވަރުގައި މިރަށު އޮފީހުގައެވެ. މިހާރު ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ 3 ވަނަ ދަރަޖައިގެ ސިއްޙީމަރުކަޒެއް ހުރެއެވެ. މިމަރުކަޒުގައި ޑޮކްޓަރަކާއި 4 ނަރުހުންގެ ޚިދުމަތް ލިބެން ހުރެއެވެ.
ޕަބްލިކް ހެލްތުގެ ޚިދުމަތް ދެވެމުންދަނީ ސިއްޙީ މަރުކަޒުންނެވެ. ބޭސްފިހާރައިގެ ޚިދުމަތް ދެމުންދަނީ ކައުންސިލް އިދާރާގެ ފަރާތުންނެވެ.
ސިއްޙީ މަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ދެވެމުން ދެއެވެ. ނަމަވެސް އެކަށީގެން ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތުމާއެކު، ބޮޑެތި ބަލިތަކާއި، އެކިބަލިތަކާ ގުޅޭގޮތުން ހަދަންޖެހޭ ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް ދާންޖެހެނި އޭދަފުއްޓަށާއި މާލެއަށެވެ.
ކިޔާފައިވަނީ: 1228 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : އަންގާރަ, 30 ސެޕްޓެންބަރ 2014 16:11

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit