އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 1437ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާއި ގުޅުވައިގެން، ރަމަޟާން މަހުގެ ދުވަސްތައް އިހްޔާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއިއެކު އަތޮޅު ކައުންސިލުން ކުރިއަށްގެދިޔަ ޕްރޮގްރާމެކެވެ. ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި މި ޖޫން މަހުގެ 16 އިން 19އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދެއްވީ ޑރ އަބްދުﷲ ޝިހާމް ހަސަން އާއި އައްޝައިޚް ޔޫސުފްހުސައިންއެވެ.
މި ޕްރޮގްރާމަށް ބ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހާއި ގުޅުވައިގެން އަތޮޅު ކައުންސިލް އިދާރާގެ ވޯކްޕްލޭންގައިވެސް ހިމެނިގެން، ދީނީ ހޭލުންތެރިކަން އިތުރުކޮށް ރަމަޟާން މަހުގެ މުހިންމުކަމާއި މާތްކަން ރައްޔިތުންނަށް އަންގައިދީ، ރައްޔިތުންގެ ހިތްތަކުގައި ރަމަޟާންމަހާމެދު ޚާއްސަ ސަމާލުކަމެއް އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ފާއިތުވެދިޔަ އަހަރުތަކުގައިވެސް އަތޮޅު ކައުންސިލް އިން އިންތިޒާމް ކޮށްގެން މިފަދަ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންދެވިފައެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ