މި އޮޕަރޭޝަނަކީ ބ އަތޮޅުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން އަތޮޅުކައުންސިލުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ހުރި ގޮންޖެހުންތަކެއްގެ ސަބަބުން އަތޮޅު ކައުންސިލްގެ ޓީމެއް މާލެގޮސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން ގަވާއިދާއި ޚިލާފަށް ބ އަތޮޅުގައި އުޅޭ ބިދޭސީން ބަލައި ދަފްތަރެއް އެކުލަވާލުމަށް ހިންގުނު އޮޕަރޭޝަނެކެވެ.
ބ އަތޮޅު ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އިމިގްރޭޝަން އާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގެ ދަށުން 82 ބިދޭސިއަކު ވަނީ ހިފަހައްޓައިފައެވެ. 233 ބެދޭސިއަކު ސްކްރީން ކޮށް އޭގެ ތެރެއިން ހިފަހައްޓާފައި ވަނީ 82 ބިދޭސީންނެވެ. މި މީހުން މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބ އަތޮޅުގައި ހިންގި މި އޮޕަރޭޝަން ގައި ބ ތުޅާދޫ އިން 57 ބިދޭސީން ސްކްރީންކޮށް 24 ބިދޭސީން ހިފެހެއްޓުނު އިރު ބ އޭދަފުށިން ވަނީ 54 ބިދޭސީން ސްކްރީންކޮށް 26 މީހުން ހިފަހައްޓާފައެވެ. އަދި ބ ދަރަވަންދޫ އިން 85 ބިދޭސީން ސްކްރީންކޮށް 18 މީހަކު ހިފެހެއްޓިފައި ވެއެވެ. ބ ގޮެއިދޫ އިން 37 މީހުން ސްކްރީންކޮށް 14 މީހުން ހިފެހެއްޓިފައި ވެއެވެ. ހިފެހެއްޓި ބިދޭސީންގެ ތެރޭގައި ލިޔެލާ ޖެހުމުގެ މަސައްކަތްކުރާ ބިދޭސީންނާއި، ދަނޑުވެރިކަން ކުރާ ބިދޭސީންގެ އިތުރުން ފެހުމެގެ މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިދޭސީން ހިމެނެއެވެ.
މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓު ކުރާ ތިން ފަރާތެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މިގެ އިތުރުން ވަނީ ކުޑަރިކިލު، ފުޅަދޫ، ފެހެންދޫ އަދި ދޮންފަނުގައި މައުލުމާތު ދިނުމުގެ ބައްދަލުވުންތަކެއް މިކަމާއި ގޮޅޭގޮތުން ބާއްވާފައެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ