ކައުންސިލް ލޮގިން

21 އޯގަސްޓް

ބ.އަތޮޅު ކައުންސިލް އިން ރަންނާ އެވޯޑް ތައާރަފްކޮށް އެވޯޑް ދިނުމުގެ ހަފްލާ ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

ބ.އަތޮޅު ކައުންސިލް އިން ރަންނާ އެވޯޑް ތައާރަފްކޮށް އެވޯޑް ދިނުމުގެ ހަފްލާ ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. ހަފްލާ ބޭއވިގެން ދިޔައީ 18 އޮގަސްޓް 2016ވީ ބުރާސްފަތި ދުވަހުގެ ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގައެވެ. ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް އަޒްލީން އަހުމަދުއެވެ. މީގެ އިތުރުން ހަފްލާގައި ވަނީ މާލޭގެ ސަރުކާރުގެ އަދި އަމިއްލަ މުއައްސަސާތަކުގެ އިސްވެރިންނާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔާރ، ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާ ޒިންމާދާރު ވެރިން، ސްކޫލްތަކުގެ ޕްރިންސިޕަލުން އަދި އަންހެނުންކޮމިޓީތަކުގެ ރައީސާއިންނާއި ބ.އަތޮޅުގެ ބައެއް ރިޒޯޓްތަކުގެ އިސްވެރިންގެ އިތުރުން އޭދަފުށީގެ މުއައްސަސާތަކުގެ އިސް ވެރިން ބައިވެރިވެފައެވެ. ރަންނާ އެވޯޑް ސްޕޮންސަރކޮށްފައިވާ ދެ ޕާޓްނަރުންނަކީ ޕަބްލިކް ސަރވިސް މީޑިޔާ އަދި މޯލްޑިވިޔަން އެވެ.
ރަންނާ އެވޯޑްގެ ގޮތުގައި ގިނަ ކެޓަގަރީތަކަކަށް ބަހާލައިގެން ގިނަ އަދަދެއްގެ ހަނދާނީ ފިލާ، ހަނދާނީ ހެކި، ސެޓްފިކެޓް އަދި އެވޯޑާއި ފައިސާގެ އިނާމް ވަނީ ހަވާލުކުރެވިފައެވެ. މިގޮތުން؛
ރަންނާ އެވޯޑްގެ ގޮތުގައި ސާނަވީ އަދި މަތީ ސާނަވީ ބައިން އެވޯޑް ހާސިލް ކުރީ:
1. އައިޝަތު ރީޢާ ނިޒާރު، މުސްތަރީގެ، ބ.މާޅޮސް. 2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން 1 ވަނަ
2. 2. ފާރިއު އަފްރާހު، ބަދަލް/ ބ.މާޅޮސް، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން 1 ވަނަ
3. ނަޝާދު އަބްދުލް ވާޙިދު، ހަނދުވަރު، ބ.އޭދަފުށި. 2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން 1 ވަނަ
4. އަނާ އަބުދުއްﷲ، ބަނަފްސާގެ، ބ.ހިތާދޫ، 2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން 1 ވަނަ
5. އައިމިނަތު އައިފާ އަބޫބަކުރު، ފިޔަޖަހާގެ، ބ.ތުޅާދޫ، 2014 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން 1 ވަނަ
6. ލަމްހާ އަބްދުލް ރަޝީދު، ޗާނދަނީގެ، ބ.ތުޅާދޫ، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން 1 ވަނަ
7. އީނާޝް އިލްޔާސް، ގުރަހަ ބ.ތުޅާދޫ، 2014 ވަނަ އަހަރު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނުން އިސްލާމް މިމާއްދާއިން މުޅި ރާއްޖެއިން 1 ވަނަ.

DSC 0893

ރަންނާ އެވޯޑް ގެ ގޮތުގައި ކުޅި ވަރުގެ ބައިން 2 ބޭފުޅަކު އެވޯޑް ހާސިލް ކުރެއްވިއެވެ. އެއީ ބ.އޭދަފުށީ ނޫރާނީމާގޭ މުހަންމަދު އިކުރާމް (2015 ވަނަ އަހަރު ބޭއްވުނު ގައުމީ ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެނުންގެ ޑަބަލްސް ބައިން ޗެމްޕިޔަން) އަދި ބ،އޭދަފުށީ ޝާދީ ވިލާ ހުސައިން މުޙައްމަދު (2014 ވަނަ އަހަރު ބޭއްވުނު ގައުމީ ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެނުންގެ ޑަބަލްސް ބައިގެ ޗެމްޕިޔަން) އެވެ.

މަތީ ދަރަޖަ ހާސިލް ކުރައްވާފައިވާ ފަރާތްތަކަށް ކައުންސިލުންދޭ ޚާއްސަ އެވޯޑް ހާސިލް ކުރެެއްވި ބޭޅުންގެ ތެރޭގައި ހިމެނެނީ:
1. އަހުމަދު ސާއިމް މާހިރު، 2014 ވަނަ އަހަރު ސާނަވީ އިމްތިހާނުން ކޮމްޕިޔުޓަރ ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ.
2. ހަނާ މުހައްމަދު ސައީދު، ހަވޭލި ބ.މާޅޮސް، ބެޗެލަރ އޮފް ޓީޗިންގ އިން އިސްލާމް، ޔުނިވަރސިޓިއިން އެއްވަނަ.
3. ރަމްލާ ވަޖީހު، ފުނަމާގެ، ބ.ދަރަވަންދޫ، މާސްޓަރޒް އޮފް ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސިޓީއިން އެއްވަނަ
4. ޑޮކްޓަރ އަލީ ނަޖީބް، ނީލް. ބ.ކުޑަރިކިލު، ޑޮކްޓަރ އޮފް ފިލޯސޮފީ
5. ޑޮކްޓަރ އައިޝަތު ޝާއިރާ، ގުލިސްތާނުގެ، ބ.ތުޅާދޫ، ޑޮކްޓަރ އޮފް ފިލޯސަފީ އިން ކެމިސްޓްރީ
6. އައިމިނަތު މައީޝާ/ ނިބިލިގާ. ބ.ފުޅަދޫ. ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސްގެ ކަލިނަރީ ކޮމްޕެޓިޝަންގެ ޗިކަން ހޮޓް ކުކިންގ ކެޓަގަރީ އިން ރަންމެޑަލް

އަދި ހަމައެއާއި އެކު .އަތޮޅު ކައުންސިލަށާއި ބ.އަތޮޅަށް އަގު ހުރި ހިދުމތްތަކެއްްކޮށްދެއްވާފައިވާތީ ބ.އަތޮޅު ބަޔޮސްފެއަރ ރިޒާރވް ކޮންޒަވޭޝަން އަށާއި އަތޮޅަށް ވެދެއްވަމުންގެންދަވާ އަގުުހުރި އެހީ ފާހަގަކޮށް އަތޮޅުގެ ހުރިހާ ރިޒޯޓަކަށް ވަނީ ހަނދާނީ ހެކި އަރުވާފައެވެ. އަދި ރަންނާ އެވޯޑް ފުރިހަމަކޮށް ކުރިއަށް ގެންދިޔުމަށް އެހީތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބ.އަތޮޅު ތަޢުލީމީ މަރުކަޒު، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ދައުލަތުގެ އިއްޒަތްތެރިޔާ ނިޝާނު އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްފާޟިލް އަބްދުލް ރަޝީދު ޙުސައިން އަދި އެވޯޑް ޑިޒައިން ކޮށްދެއްވި އަލްފާޟިލް އަބްދުލް މާނިޔު އަބްދުއް ސަމަދު އަށް ވަނީ އެބޭފުޅުންގެ އަގުހުރި މަސައްކަތް ފާހަގަކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. ހަމަ އެއާއި އެކު ރަންނާ އެވޯޑް އަށް ހުށަހެޅި ފޯމްތައް އިވެލުއޭޓް ކުރުމުގައި މިންނެތް މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެރުވުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރެވުނެވެ.

DSC 0944
ބ. އަތޮޅަށް އެންމެ ހިދުމަތްތެރި ރިޒޯޓްގެ ގޮތުގައި ދުސިތް ތާނީ މޯލްޑިވްސް އަދި ރޯޔަލް އައިލެންޑް ރިޒޯޓް އަށް އެވޯޑް ހަވާލުކުރެވުނެވެ. އަދި ހަމަ އެއާއިއެކު 2014 އަދި 2015 ވަނަ އަހަރު އެންމެ ހިދުމަތްތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީއަށް ފައިސާގެ އިނާމާއެކު އެވޯޑް ހަވާލުކުރެވުނެވެ. މިގޮތުން އެންމެ ހިދުމަތްތެރި ރަށު ކައުންސިލަކަށް ހޮވުނު ބ. ކުޑަރިކިލު ކައުންސިލަށް އެޥޯޑާއި އެކު ފަންސާސްހާސް ރުފިޔާގެ ފައިސާގެ އިނާމް، ދެވަނައަށް ހޮވުނު ބ. މާޅޮސް ކައުންސިލަށް އެވޯޑާއި އެކު ތިރީސްހާސް ރުފިޔާ އަދި ތިންވަނައަށް ހޮވުނު ބ.ގޮއިދޫ ކައުންސިލަށް އެވޯޑާއި އެކު ވިހިހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކުރެވުނެވެ. އަދި އެންމެ ހިދުމަތްތެރި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވުނު ބ.ކުޑަރިކިލު ކައުންސިލަށް އެވޯޑާއި އެކު ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކުރެވުނެވެ.

ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑްތައް ކަމުގައިވާ ހިތްވަރު ދިނުމުގެ އެވޯޑް އަދި ޝަރަފްވެރި ކަމުގެ އެވޯޑް އެބޭފުޅުންނާ ހަވާޅުކޮށްދެއްވީ ޝަރަފްވެރި މެހެމާންއެވެ. ހިތްވަރު ދިނުމުގެ އެވޯޑަށް 13 ބޭފުޅުން އަދި ޝަރަފްވެރި އެވޯޑް 2 ބޭފުޅަކު ވަނީ ހާސިލް ކުރައްވާފައެވެ. އެބޭފުޅުންނަކީ:
1. ތިމާވެށީގެ ދާއިރާއިން އަލްފާޟިލް އަބްދުލް ޖަލީލް އިބްރާހިމް/ ލައިޓްކޯނަރ، ބ.ކެންދޫ
2. އަތްތެރި މަސައްކަތުގެ ދާއިރާއިން އަލްފާޟިލް އަބްދުލް ރަހުމާނު މޫސާ/ ސޯސަންވިލާ ބ.ތުޅާދޫ
3. މުނިފޫހިފިލުވުމުގެ ދާއިރާއިން އަލްފާޟިލް އަބްދުލް ހަކީމް އަބްދުލް ރަހުމާން/ ހެޕީކޮޓެޖް. ބ ދޮންފަން
4. ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން އަލްފާޟިލް އަބްދުއްﷲ މުއާޒް ޔޫސުފް/ ދޭލިޔާގެ. ބ.ދަރަވަންދޫ
5. ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ރޮނގުން އަލްފާޟިލް އަބްދުއްﷲ ސަބާހު/ ބިންހިމަގެ. ބ.އޭދަފުށި
6. ކުޅިވަރުގެ ދާއިރާއިން އަލްފާޟިލް ނުއުމާން އަބޫބަކުރު / ޝޭޑީ ކޯނަރ، ބ.ގޮއިދޫ
7. ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ދާއިރާއިން އަލްފާޟިލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް/ އޭނާޒް، ބ.ދަރަވަންދޫ
8. ތަޢުލީމީ ދާއިރާއިން އަލްފާޟިލް އަޙުމަދު ޢަލީ/ ފިނިފެންމާގެ، ބ.އޭދަފުށި
9. ދަނޑުވެރިކަމުގެ ދާއިރާއިނއަލްފާޟިލް ޚާލިދު ޔޫސުފް، ދޮންދުބުރިގެ ބ.އޭދަފުށި
10. ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން އަލްފާޟިލް އަހުމަދު ނާފިއު/ ހިޔަލީގުލްޝަން. ބ. ދަރަވަންދޫ
11. ސިއްހީ ދާއިރާއިން އާންމު ސިއްހަތުގެ ރޮގުން އަލްފާޟިލް އަހުމަދު މުހައްމަދު މަނިކު/ ރޯޒްމީޑް. ބ.ކުޑަރިކިލު
12. ސިއްހީ ދާއިރާއިން ދިވެހި ބޭސްވެރިކަމާ ފޫޅުމާކަމުގެ ރޮނގުން އަލްފާޟިލާ ހައްވާ އަބްދުލް ރަހުމާން/ ހުވަނދުމާގެ. ބ.ކިހާދޫ
13. އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން އަލްފާޟިލް އަބްދުލް ރަހުމާން ހަސަން/ މާފަރު. ބ.އޭދަފުށި

DSC 0955

ރަންނާ އެވޯޑް 2016ގެ ޝަރަފްވެރި އިނާމް ހާސިލް ކުރެއްވި ފުރަތަމަ ބޭފުޅަކީ އަތްތެރި މަސައްކަތުގެ ދާއިރާއިން ދިވެހި ގައުމަށާއި ބ.އަތޮޅަށް ގިނަ ގުނަ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތެއްކަމުގައިވާ ބ. ތުޅާދޫ އަސުރުމާގޭ އަލްފާޟިލް އިބްރާހިމް ޒުބައިރުއެވެ. އަދި މި އެވޯޑް ހާސިލް ކުރެއްވި ދެވަނަ ބޭފުޅަކީ އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ދިވެހި ގައުމަށާއި ބ.އަތޮޅަށް މިންނުކުރެވޭހާ ގިނަގުނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަމުގައިވާ ބ.އޭދަފުށީ އޯކިޑްވިލާ އަލްފާޟިލް އަބްދުއްރައްޒާގު މުހައްމަދު އެވެ.
ރަންނާ އެވޯޑް ދިނުމުގެ ހަފްލާ ވަނީ ޓެލެވިޜަން މޯލްޑިވްސް އިން ވަގުތުން ދުރަށް ދައްކާފައެވެ. އަދި މިއީ ބ.އަތޮޅުގައި މިފަދަ އެވޯޑެއް ދެވުނު ފުރަތަމަ ފަހަރެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit