ކައުންސިލް ލޮގިން

24 އޯގަސްޓް

ބ އަތޮޅު ޤުރުއާން މުބާރާތް ބުރާސްފަތި ދުވަހުގެ ރޭ

ޤުރްއާން ކިޔެވުމުގެ ބ އަތޮޅު މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބ އަތޮޅު ތައުލީމީމަރުކަޒުގެ ހޯލުގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން މި މުބާރާތުގައި މިއަތޮޅުގެ ހަ ރަށަކުން 31 ދަރިވަރުން ވާދަކުރާނެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެއްކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މި އަދަދު މަދުވާން ދިމާވި މައިގަނޑު ސަބަބަކީ މި ފަހަރު މުޤައްރަރަށް އައި ބޮޑު ބަދަލުން ކަމަށް ލަފާކުރެވޭ ކަމަށްވެސް އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވިއެވެ.
އޯގަސްޓް 25-27 އަށް ބ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން %75 ވުރެ މަތިން ނަތީޖާ ހޯދިކުދިންނެވެ. މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، ދޮންފަނު، ކިހާދޫ އަދި އޭދަފުއްޓެވެ.
އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތުގަިއ އަތޮޅު ތަމްސީލުކުރާނެ ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 8 ދަރިވަރުންނަށް ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި މުބާރާތް ބ އަތޮޅު ކައުންސިލް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit