ބ އަތޮޅު ކައުންސިލް، ބ އަތޮޅު ހޮސްޕިޓަލް އަދި ޔޫ އެސް އެމްބަސީ ގުޅިގެން " ފަސްޓް ރެސްޕޯންސް " ގެ ނަމުގައި ޓްރެއިނިން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ. މި މަހުގެ 18 އިން 21 ގެ ނިޔަލަށް ބ އަތޮޅު ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބ އަތޮޅުގެ ރަށްތަކުގެ އެކި އޮފީސްތަކުން 21 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިން ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޔޫ އެސް އެމްބަސީގެ ފަންނީ ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމް ނިމޭއިރު މި ޕްރޮގްރާމްގެ ބައިވެރިންނަށް ބޮޑެތިމީހުންނާއި ކުޑަކުދިންނަށް ސީޕީ އާރު، ޝޮކެއްޖެހި ނުވަތަ ނޭވާލާން އުނދަގޫ ވެފައި އޮންނަ ބަލިމީހަކަށް ފަސްޓް އެއިޑް ދޭނެ ގޮތާއި ހެމޮރޭޖް ކޮންޓްރޯލްގެ އިތުރުން ހާދިސާއެއް ހިނގައިފިނަމަ ބަލި މީހުން އެސެސް ކުރާނެގޮތުގެ ތަމްރީނާއި މައުލޫމާތު ލިބިގެން ދާނެއެވެ.