މުޅި އަތޮޅަށް ހުޅުވާލައިގެން ބޮޑު ޗުއްޓީއާއި ދިމާކޮށް ބ އަތޮޅު ކައުންސިލް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ " ބ އަތޮޅު ކައުންސިލްބަށި މުބާރާތް " މިއަހަރުވެސް ބާއްވާގޮތަށް ނިންމައިފިއެވެ. މި މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ 2016 ވާ ހުކުރުދުވަހު އެވެ. މި މުބާރާތަކީ ބ އަތޮޅުގެ ރަށްތަކުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތެކެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މި މުބާރާތުގައި އަތޮޅުތެރެއިން ބައިވެރިވާ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ -/4000 ރުފިޔާ ދިނުމަށް ކައުންސިލް އިން ވަނީ ނިންމާފައެވެ.
މި މުބާރާތުގެ މަގްޞަދަކީ ބ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އިތުރުން ބ. އަތޮޅުގައާއި އަދި ރާއްޖޭގައި ބަށި ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދަދިނުމެވެ
މި މުބާރާތުގައި ބައިވެރިވެވޭނީ ބ އަތޮޅު ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކުންވެސް 01 ޓީމަށެވެ.
ނިމިގެންދިޔަ 2015 ވަނަ އަހަރުގައި ބޮޑު ތަރުހީބެއް ލިބުނު މި މުބާރާތް މިދިޔަ އަހަރަށް ވުރެން ފެންވަރު ރަގަޅު ކޮށް ގެންދެވެން އޮތް އެންމެ ފުރިހަމަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ބ އަތޮޅު ކައުންސިލް އިދާރާއިން ކުރައްވަމުން ގެންދަވާކަމަށް މުބާރާތް އިންތިޒާމް ކުރާ ޔުނިޓްގެ ހެޑް އ. ޑިރެކްޓަރ އަލްފާޟިލް މޫސާ ފާއިޒް ވިދާޅުވިއެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ