ބ.އަތޮޅު ކައުންސިލްއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެނ ލޯކަލް ކައުންސިލް އިންކަމް ޖެނެރޭޝަން ނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ބ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށް ބާއްވައިފިއެވެ.
މި މަހުގެ 26 ން 27 އަށް ބޭއްވުނު 12 ގަޑިއިރުގެ މި ޓްރެއިނިންގ ޕްރޮގްރާމްގައި ބ އަތޮޅުގެ ފެހެންދޫ، ގޮއިދޫ، ހިތާދޫ އަދި ކުޑަރިކިލު ކައުންސިލް ނޫން ހުރިހާ ކައުންސިލްއަކުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމަކީ ކައުންސިލްތަކަށް އާމްދަނީ ލިބެންހުރި ފުރުޞަތުތަކާއި އެފުރުޞަތު ތަކުގެ ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބޭއްވުނު ޕްރޮގްރާމެކެވެ. އަދި އާމްދަނީ ހޯދޭނެ އިތުރު ވަސީލަތްތަކާއި އެކަންތައް ރާވާ ހިންގާނެ ގޮތާއި ބެހޭގޮތުންވެސް ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި މައުލޫމާތު ދެވުނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ރަށްތަކުގެ ރަށުކައުންސިލްތަކުން އެކައުންސިލްތަކަށް އާމްދަނީ ހޯދާގޮތުގެ ޕްރެޒެންޓޭޝަން އެއް ހުށެހެޅިއެވެ. މި ޕްރޮގްރާމް ކުރިއަށް ދިޔައީ ބ. އަތޮޅު ހޮސްޕިޓަލުގެ ޓްރެއިނިންގ ރޫމުގައެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ