ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން މާލީ ބަޔާންތައް ތައްޔާރުކުރުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މާލީއްޔަތާބެހޭ ސަރކިއުލަރ ނަންބަރު D2/CIR/2016/9-13 އިން، ކަނޑައަޅާފައިވާ އޮނިގަނޑަށް ލޯކަލްކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަގުޞަދުގައި، ކަމާއިބެހޭ މުވައްޒަފުންނަށް ބ. އަތޮޅު ކައުންސިލް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން 03 ދުވަހުގެ ވޯކްޝޮޕްއެއް އޭދަފުށީގައި ފަށައިގެން ކުރިޔަށް އެބަ ދެއެވެ. މި ވޯކްޝޮޕްގައި 11 ރަށަކުން 19 ބައިވެރިން ބައިވެރިވިއެވެ.
މި ވޯކްޝޮޕް ކުރިޔަށް ދަނީ ބ އަތޮޅު މަދަރުސާގެ ޓްރެއިނިން ހޯލްގައެވެ.