ކައުންސިލް ލޮގިން

23 ފެބްރުއަރީ

ނިޔަމިކަމުގެ ސަނަދު 02 ގެ ކޯހެއް ބ.އޭދަފުށީގައި ކުރިއަށްގެންގޮސްފި

އަތޮޅު ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ގުޅިގެން، ނިޔަމި ކަމުގެ ސަނަދު 02ގެ ކޯހެއް، ބ.އޭދަފުށީގައި ކުރިއަށްގެންގޮސްފިއެވެ. 16 ފެބްރުވަރީ 2017އިން ފެށިގެން 05 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ކޯހުގައި ބ.އަތޮޅުގެ 03 ރަށަކުން ޖުމްލަ 60 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ސަނަދު 02ގެ ކޯހުގެ މިންގަނޑަށް ހިންގި މި ކޯހުގައި، ހުރިހާ ބައިވެރިންވެސް ވަނީ 30 ގަޑިއިރުގެ ކިޔެވުން ފުރިހަމަކޮށްފައެވެ. މި ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ދޫކުރެވޭ ލައިސަންސަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާއި ހަމައަށް ދަތުރުކުރާ ކެޓަގަރީ "ބީ" ގެ އުޅަނދުފަހަރުގައި ކެޕްޓަންކަން ކުރުމުގެ ލައިސަންސް، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ލިބިގެންދާނެއެވެ. މިގޮތުން މިކޯހުގައި، މައިގަނޑު 4 ބައެއް ކިޔަވައިދީފައިވާއިރު، އޭގެ ތެރޭގައި ކަނޑުމަތީގެ ޤަވާއިދުތަކާއި، ނެވިގޭޝަންއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި މުއާޞަލާތީ ވަސީލަތްތަކާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.

މިކޯހުގައި ކިޔަވައި ދެއްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ސިފައިންނެވެ. މިކޯހުގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ، 02 ބެޗަކަށް ބަހާލައިގެން، އޭދަފުށި މަލްޓިޕާޕަސް ކޮންފަރަންސް ރޫމްގަޔާއި ޓީޗަރ ރިސޯސް ސެންޓަރުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit