މިއަދު އަލަން އިންތިހާބު ކުރެވުނު ބ. އަތޮޅު ކައުންސިލުގެ ރައީސް އަކަށް މަބްރޫކު ނަސީރު އަދި ނައިބް ރައިބު ރައީސްކަމަށް އަހްމަދު އަފްރާހު އިންތިހާބުކޮށްފި އެވެ.
އާ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މި ދައުރުގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި މަބްރޫކު އިންތިހާބުވީ ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް މަބްރޫކު އެކަންޏެވެ.
ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް އަހްމަދު އަފްރާހުވެސް އިންތިހާބު ކޮށްފައި ފުރިހަމަ އަގުލަބިއްޔަތުންނެވެ.