މިއަދު އަލަން އިންތިހާބު ކުރެވުނު ބ. އަތޮޅު ކައުންސިލުގެ ރައީސް އަކަށް މަބުރޫކް ނަސީރު އަދި ނައިބް ރައިބު ރައީސްކަމަށް އަހްމަދު އަފްރާހު އިންތިހާބުކޮށްފި އެވެ.
އާ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މި ދައުރުގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި މަބުރޫކް އިންތިހާބުވީ ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް މަބުރޫކް އެކަންޏެވެ.
ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް އަހްމަދު އަފްރާހުވެސް އިންތިހާބު ކޮށްފައި ފުރިހަމަ އަގުލަބިއްޔަތުންނެވެ.