ކައުންސިލް ލޮގިން

13 ޑިސެންބަރ

އަތޮޅު ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެން "އީ-ކައުންސިލް" އެޕްލިކޭޝަން ބޭނުންކުރުާ ގުޅޭގޮތުން ޓްރެއިނިންގ ޕްރޮގްރާމެއް ބ. އޭދަފުށީގައި ކުރިއަށް ގެންގޮސްފި

މި ޓްރެއިނިންގ ޕްރޮގްރާމްގައި އަތޮޅުގެ 13 ރަށު ކައުންސިލުން ފައިސާއާއި ބެހޭ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ޑިސެމްބަރ 9ން 10 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް އަކީ، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ޑިވެލޮޕް ކޮށްފައިވާ އީ-ކައުންސިލް ފައިނޭންޝަން އަދި އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް މޮޑިޔުލް، ރަށު ކައުންސިލްތަކުގައި ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ ތައްޔާރީތަކުގެ ތެރެއިން މި އެޕްލިކޭޝަންއާއި ބެހޭ މައުލޫމާތު ދިނުމާއި އެޕްލިކޭޝަންއަށް ކައުންސިލްތަކުގެ ފައިނޭންސް މަސައްކަތް ކުރައްވާ ބޭފުޅުން އަހުލުވެރިކޮށް ޓްރެއިން ކުރުމުގެ މަގްސަދުގައި ބޭއްވުނު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކިޔަވާދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުންނެވެ.

ކައުންސިލް ތަކުގެ ހިންގުން ރަގަޅުކޮށް އަދި ކައުންސިލްތަކުގެ ފައިސާގެ މަސައްކަތްތައް ގަވައިދާ އެއްގޮތަށް ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޒަމާނާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެކުލަވާލެވިފައިވާ މި އެޕްލިކޭޝަން ބޭނުންކުރުން 2018ގައި ފެށުމަށް އެލް.ޖީ.އޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit