ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ތައާރަފު ކުރި ."ރަންނާ އެވޯޑް 2018" އަށް ކުރިމަތިލެވޭނެ މުއްދަތު 20 ޖެނުއަރީ 2018 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި މުއްދަތު އިތުރު ކުރުމަށް ކައުންސިލް އިން ނިންމީ ބައެއް ސުކޫލްތަކުން ސްކޫލް ބަންދު ދުވަސްކޮޅު ކަމަށްވާތީ ގިނަ ޓިޗަރުންނާއި ގިނަ ބެލެނިވެރިން ރަށުން ބޭރުގައި ވާތީއާއި މިދުވަސްކޮޅަކީ މަސައްކަތަށް ނިކުންނަ ދުވަސްކޮޅަކަށް ނުވާތީ އެޕްލިކޭޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ހުރީމައާއި، ރިސޯޓް އަދި ގެސްޓް ހައުސްތަކުން އެތަނުގެ ޕީކް ދުވަސްވަރާއި މިދުވަސްކޮޅު ދިމާވާތީ އަދި ގިނައަދަދެއްގެ އާއްމު ރައްޔިތުންގެ ފަރާތުންވެސް މުއްދަތު އިތުރުކޮށްދެއްވުމަށް މިއިދާރާގައި އެދެމުން ދާތީއެވެ.
ބ.އަތޮޅަކީ ހުރިހާދާއިރާއަކުންވެސް ފަންނީ ގާބިލް ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި މި އެވޯޑް ހަފްލާއަކީ ވެސް މުޅި ބ.އަތޮޅު ދައްކުވައިދޭނެ ހަފްލާއެއް ކަމަށް ވާނެ ކަމަށް އަތޮޅު ކައުންސިލުން އުއްމީދު ކުރެއެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ