ކައުންސިލް ލޮގިން

16 މާޗް

ބ އަތޮޅު ކައުންސިލުން ، ދޮންފަނު ކައުންސިލާއި ބައްދަލު ކުރައްވައިފި

ދޮންފަނު ކައުންސިލުގެ އެދިވަޑައިގަތުމުގެ މަތީން އެ ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ބ އަތޮޅުގެ ކައުންސިލުގެ މެމްބަރުން ދޮންފަނު ކައުންސިލުގެ މެމްބަރުންނާއި އިދާރީ މުވައްޒަފުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް އާއި އަތޮޅު ކައުންސިލުގެ ނާއިބުރައީސް މަބްރޫކް ނަޞީރުގެ އިތުރުން ކައުންސިލުގެ މެމްބަރ އިބުރާހިމް ރަޝީދު އާއި އިބްރާހިމް ޝަރީފް އާއި ބ އަތޮޅު ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ އަބްދުލްބާގިރު އަޙްމަދު އަދި އަތޮޅު ކައުންސިލުގެ ބިއުރޯ އަބްދުލް މަޖީދު ހަސަން އާއި އަތޮޅު ކައުންސިލުގެ އިދާރާގެ ފައިނޭންސް އޮފިސަރ ފަޒްނާ އިދްރީސް އާއި އަތޮޅު ކައުންސިލުގެ އ. ކޮމްޕިޔުޓަރ ޓެކްނީޝަން ޣައްސާމު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

dhonfan
މި ބައްދަލުވުމުގައި ދޮންފަނު ކައުންސިލުގެ އިދާރާ ހިންގެވުމުގައި ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި އެ ދަތިތައް ހައްލުކުރަން ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އެކަންތައް ހައްލުކުރެވޭނެ ގޮތާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއަކަށް މަޝްވަރާކުރެވުނެވެ. އަދި ދޮންފަނު ކައުންސިލް މެމްބަރުން ކަންތައް ރާވާ ހިންގާނެ ގޮތާއި ބެހޭގޮތުން ކައުންސިލުގެ މެމްބަރުންނާއި ވަކިން މަޝްވަރާ ކުރެވުނެވެ. އަދި އިދާރީ މަސައްކަތްތަށް ހަލުވިކޮށް ހުރި މަސައްކަތް ކުރުމުގައި ހުރި ދަތިތަށް ފާހަގަކޮށް އެކަންތައް ހައްލުކުރަން ކުރެވެން ހުރިކަންތަކާއި ބެހޭގޮތުން އިދާރީ މުވައްޒަފުންނާއި އެކު ވަކިން ބައްދަލުކޮށް މަޝްވަރާކުރެވުނެވެ. އަދި އޭގެ އިތުރުން މައްސަލަތައް ހައްލުކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ދޮންފަނު ކައުންސިލުގެ އިދާރާގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit