ކައުންސިލް ލޮގިން

24 އޯގަސްޓް

ޔޫ.އެސް. އެމްބަސީއާއި އަތޮޅު ކައުންސިލް ގުޅިގެން ޑެންގީއަށް އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބ.ތުޅާދޫގައި ކުރިއަށް ގެންގޮސްފި

ޔޫ.އެސް.އެމްބަސީ ގެ ފަރާތުން، ޑެންގީއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 22 އޯގަސްޓް 2015ވީ ހޮނިހިރު ބ.ތުޅާދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ޔޫ.އެސް.އެމްބަސީ އާއި އެމް.އެން.ޑީ.އެފް އާއި އަތޮޅު ކައުންސިލާއި، އަތޮޅު ހޮސް÷ޕިޓަލްއާއި ތުޅާދޫ ކައުންސިލާއި ތުޅާދޫ ސިއްހީ މަރުކަޒު އަދި ތުޅާދޫ ސްކޫލް ގުޅިގެންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ތުޅާދޫގެ ރައްޔިތުންނަށް ހުޅުވާލާއިގެން ހެނދުނު 9:30އިން މެންދުރު 12:00އަށް އަދި މެންދުރުފަހު 13:30އިން 15:00އަށް ތުޅާދޫ ސްކޫލްގައެވެ. މި ޕްރޮގްރާމްގައި ތުޅާދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވިރިކަން ފާހަގަކުރެވުނެވެ.

pst-01
މި ޕްރޮގްރާމްގައި ޔޫ.އެސް.އެމްބަސީގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެއްވީ، އެ އެމްބަސީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ޔޫ.އެސް ނެވީގެ ކޮމާންޑަރ ޑެނިއަލް ގޯލްއާރޓްއެވެ. އެމް.އެން.ޑީ.އެފް ގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެއްވީ ސްޓާފް ސާރޖަންޓް ޢަބްދުﷲ ޝާހް އެވެ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެއްވީ ސ.ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދްޤީ ޢަބްދުﷲ އާއި އ.ކޮމިއުނިޓީ ހެލްތް އޮފިސަރ ޒާހިރު ނަސީރުއެވެ.
މި ޕްރޮގްރާމްގައި ޑެންގީއާއި ގުޅޭ ގޮތުން ވަރަށް ތަފާތު މައުލޫމާތުތަކެއް ހިއްސާކުރުމުގެ އިތުރުން، މަދިރިއަށް ފޮގްކުރުމަށް ބޭނުންކުރާ ފޮގް މެޝިނާއި ސްޕްރޭ މެޝިން ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ގޮތުން އެތަކެތި ބޭނުންކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރެވުނެވެ.

pst-02
ޕްރޮގްރާމް ނިންމާލުމަށްފަހު ޔޫ.އެސް އެމްބަސީގެ ފަރާތުން، މަދިރިއަށް ފޮގްކުރުމަށްޓަކައި ބޭނުންކުރާ ފޮގް މެޝިނަކާއި ސްޕްރޭ ކުރުމަށް ބޭނުންކުރާ 05 ސްޕްރޭޔަރ އާއި އެއާއި ގުޅޭ ބައެއް ސަމާނު އަތޮޅު ކައުންސިލަށް ހަދިޔާކުރެވުނެވެ. އަތޮޅު ކައުންސިލްގެ ފަރާތުން ތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ނައިބް ރައީސް މަބްރޫކް ނަސީރު އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit