ކައުންސިލް ލޮގިން

6 އެޕްރިލް

އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ބ. އަތޮޅުކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވައިފި

މި ބައްދަލުވުމަކީ އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ދީދީ ބ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން މިނިސްޓަރގެ ދަތުރުފުޅާއި ގޮޅޭގޮތުން އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އަތޮޅުގައި ގާއިމް ކުރެވިފައިވާ ބަޔޮސްފިއަރ ރިޒާވް އާއި ގުޅޭ ކަންކަން ބެލުމާއި މެނޭޖްމަންޓް ޕްލޭން ހެދިފައި ނެތްތަންތަނުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލައި ލުމެވެ. އަދި މިފަދަ ކަންކަން ބެލުމުގައި ހަނިފަރު ބަލަހައްޓާ އުސޫލުން ރޭންޖަރސް ފޮނުވައިގެން ނުބެލިދާނެތީ މައްސަލަ ހުރި ކަންކަން ހައްލުކުރުމަށް މެނޭޖްމަންޓް ޕްލޭން އެކުލަވާލައި ނިންމުމަށްފަހު ކަންކަން ރޭވިފައިވާ ގޮތް އަތޮޅު ކައުންސިލާއި އެކު ހިއްސާކުރާނެ ކަމުގައި މިނިސްޓަރގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
އަދި މި ދަތުރުގައި ރާއްޖޭގެ ހޫނު މޫސުމާއި ދިމާކޮށް ފަރުތަކަށް ދިމާވާ ހުދުވުމުގެ މައްސަލަ ދިމާވޭތޯ އެކި ސަރަހައްދުބެލިފައިވާ ކަމާއި އެހެންނަމަވެސް ބ އަތޮޅުން އެފަދަ ކަމެށް ފެންނަން ނެތްކަމުގައިވެސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް މިހާރު ރާއްޖޭގައި އެންމެ އާންމުވެފައިވާ ވެލާ ކަހަނބުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ހުރިހާ ބޭފުޅުން މަސައްކަތްކޮށްދިނުމަށްވެސް މިނިސްޓަރ އެދިފައިވެއެވެ. އަދި މިކަމަށް ހެދިފައިވާ ޤާނޫނުގައި ވާގޮތަށް ފިޔަވަޅު އެޅުމާއި އަދި ހަމަ އެގޮތަށް ކުނީގެ މައްސަލަވެސް ހައްލުކުރުމަށް މަސައްކަތްކުރުމާއި މެދު ވެސް މަޝްވަރާކުރެވުނެވެ.
މި ކަންކަން ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވާ ކަމުގައި އާއި މި ޕްރޮގްރާމްތަކުގައި އަތޮޅުކައުންސިލުން ބައިވެރިވެ ވަޑައިގަންނަން ބޭނުންފުޅުވާނަމަ އެ ފުރުޞަތުވެސް އެބައޮތް ކަމުގައި މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

B2
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި ވެލާ ކަހަނބުގެ މައްސަލާގައި އިތުރަށް އައި ކަންކަން ޑޮކިއުމެންޓެއްގެ ސިފައިގައި ފޮނުވައި ދިނުމަށް އެދޭކަމަށާއި އަތޮޅުގައި ދިމާވާ ކަންކަން ކުރުމުގައި އަތޮޅު ކައުންސިލާއި ހިއްސާކުރުމަށް އެދޭ ކަމުގައި އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވެފައިވެއެވެ.
އަދި މިހާރަކަށް އައިސް ދިމާވާ މައްސަލައެއް ކަމުގައިވާ ގޮޑު ދޮށުންނާއި ފިނޮޅު ތަކުން އިންޑަސްޓްރިއަލް ބޭނުންތަކަށް ވެލިނަގަމުންދާ މައްސަލައިގެ ޝަކުވާތަށް ލިބެމުންދާތީ އެ ކަންކަން ހައްލު ކުރުމަށް ގާނޫނީގޮތުން ކުރެވެން ހުރި ކަންތައްކުރުމާއި އެ ކަންކަމުގައި އަމަލު ކުރާނެ ގޮތާއި ދޭތެރޭ މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި އެންވަޔަރމަންޓް މިނިސްޓަރ އާއި އެ މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އިތުރުން ބ އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އިސްވެރިން އަދި އަތޮޅުކައުންސިލްގެ ރައީސް އާއި އަތޮޅުކައުންސިލްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން އޮތީ ބ އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit