ކައުންސިލް ލޮގިން

24 އެޕްރިލް

ބ އޭދަފުށީގައި ބ އަތޮޅަށް ހުޅުވާލައިގެން ސިވިލްސާވިސް މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އެއް ބާއްވައިފި

ބ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓް އާއި ގުޅިގެން އަތޮޅުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންފޮސްފިއެވެ. މިގޮތުން އަތޮޅުގެ ހުރިހާ މުއައްސަސާ ތަކަކަށް ހުޅުވާލައިގެން ގެންދެވުނު ޓްރެއިނިންގ ތަކަކީ ކަސްޓަމަރ ކެއަރ، އެމްޕްލޯއީ ރިލޭޝަންސް އަދި ޕޮޒިޓިވް ތިންކިން އެންޑް ޕޮޒިޓިވް އެޓިޓިޔުޑް އެވެ. ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނީ 19 އެޕްރީލް އިން 21 އެޕްރީލް ގެ ނިޔަލަށެވެ.
މި ޓްރެއިނިންގ ތަކުގައި ބޮޑަށް އަލި އަޅުވާލެވިފައިވަނީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާމެދު އަމަލު ތައް ބަހައްޓަންވީ ރީތި ގޮތްތަކާ އިދާރާއެއްގެ ތެރޭގައި މުވައްޒަފުން އެކަކު އަނެކަކާމެދު ބާއްވަންވީ ގުޅުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ވަރުގަދަ ޓީމްވޯކް އެއް ބިނާކުރުމަށްޓަކާ މަސައްކަތުގެ ވެއްޓަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދެވުނެވެ.
މިޕޮރޮގްރާމްގައި ކިޔަވައި ދެއްވީ ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގެ އިންޓަރނަލް އަދި އެކްސްޓަރނަލް ޓްރެއިނަރުންނެވެ.
މިޕްރޮގްރާމްގައި އެކިއެކި މުއައްސަސާތަކުން 54 ބައިވެރިން ބައިވެރިވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit