ކައުންސިލް ލޮގިން

28 އެޕްރިލް

"ރަންނާ އެވޯޑް 2016 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިވި

ތަފާތު ދާއިރާތަކުން ބ.އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، 2014 އަދި 2015 ވަނަ އަހަރު ބ އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތަކާއި އަދި އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެއް ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން "ރަންނާ އެވޯޑް 2016 " ގެ ނަމުގައި އެވޯޑް ހަފްލާއެއް ބޭއްވުމަށް ނިންމައި، އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 6 ދާއިރާ އަކުންނެވެ.
1. ޝަރަފްވެރިކަމުގެ އެވޯޑް
2. ހިތްވަރުދިނުމުގެ އެވޯޑް
3. ކައުންސިލުންދޭ ޚާއްސަ އެވޯޑް
4. މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޙާއްސަ އެވޯޑް
5. ޚާއްސަ ޚިދުމަތުގެ އެވޯޑް
6. ހިންގުންތެރިކަމުގެ އެވޯޑް
ރަންނާ އެވޯޑް 2016 ޙާޞިލް ކުރައްވާ ފަރާތްތަކަށް ބ.އަތޮޅު ކައުންސިލްގެ ފަރާތުން ޚާއްޞަ އެވޯޑެއް އަރުވާއިރު، އެންމެ ޚިދުމަތްތެރި ރަށުކައުންސިލްތަކަށާއި، އެންމެ ޚިދުމަތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް އެކަށީގެންވާ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ރަންނާ އެވޯޑް 2016 ގެ ޙަފްލާ ޕަބްލިކް ސާރވިސް މީޑިއާގެ ޓީވީއެމް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މިޙަފްލާ ބާއްވާނެ ތާރިޚް ފަހުން އިޢުލާން ކުރެވޭނެއެވެ. މީގެއިތުރުން އެވޯޑް ޕާޓްނަރުން ކަނޑައެޅުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނައިރު، ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއެކުރުމަށާއި އެވޯޑް ލޯންޗްކުރުމަށްވެސް ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި އެވޯޑަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 މެއި2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އެވޯޑަށް ކުރިމަތިލައްވަން އެދޭފޯމް ފުރިހަމަކުރުމަށްފަހު، ބ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ކުރިމަތި ލައްވަން އެދޭ ފޯމް، އެވޯޑްތަކަށް ކުރިމަތިލެވޭ ދާއިރާތަކާއި، ކުރިމަތިލުމުގައި މިކައުންސިލުން ބަލާނެ މިންގަނޑުތައް ހިމަނާ ތައްޔާރުކުރެވިފައިވާ "ރަންނާ އެވޯޑް ދިނުމުގެ ސިޔާސަތު 2016 " ރަށުކައުންސިލްތަކުގެ އިދާރާއިންނާއި، މި އިދާރާގެ ކައުންޓަރުންނާއި އަދި މި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޑައުންލޯޑް

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit