ކައުންސިލް ލޮގިން

23 މެއި

"ރަންނާ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ތައާރަފު ކުރި ."ރަންނާ އެވޯޑް 2016" އަށް ކުރިމަތިލެވޭނެ މުއްދަތު 09 ޖޫން 2016 ގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި މުއްދަތު އިތުރު ކުރަންޖެހުނީ އެވޯޑާ ބެހޭގޮތުން އާންމުން ހޭލުންތެރިކަން އަދިވެސް އިތުރު ކުރުމަށާއި އަދި މުއްދަތު އިތުރު ކޮށްދިނުމަށް އާންމުންގެ ގިނަ ބަޔަކު އެދެމުންދާތީއެވެ. އަދި ހަމަ އެއާއި އެކު ވީހާވެސް ގިނަ ބަޔަކަށް މިކަމާ ގުޅޭ މައުލޫމާތު ލިބި، މިއެވޯޑް އަކީ ވީހާވެސް ވާދަވެރި އިންސާފްވެރި އެވޯޑަކަށް ހެދުމަށާއި އަދި އެވޯޑަށް ކުރިމަތި ލެވޭނެ ހުރިހާ ބޭފުޅުންވެސް އެވޯޑަށް ކުރިމަތިލުމަށް ބާރު އެޅުމަށެވެ. ބ.އަތޮޅަކީ ހުރިހާދާއިރާއަކުންވެސް ފަންނީ ގާބިލް ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި މި އެވޯޑް ހަފްލާއަކީ މުޅި ބ.އަތޮޅު ދައްކުވައިދޭނެ ހަފްލާއެއް ކަމަށް ވާނެ ކަމަށް އަތޮޅު ކައުންސިލުން އުއްމީދު ކުރެއެވެ.

މި އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކުރި ނަމަވެސް މި އެވޯޑް ހަފްލާ ބޭއްވުމަށް އަތޮޅު ކައުންސިލް އިން ނިންމާފައިވާ ތާރީޚް 28 ޖުލައި 2016 އަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ތާރީޚުގައި އެވޯޑް ހަފްލާ ބޭއްވުމަށް އަތޮޅު ކައުންސިލް އިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށް ތައްޔާރުވަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit