ކައުންސިލް ލޮގިން

25 މެއި

"ޒިންމާދާރު ރައްޔިތެއް ބިނާކުރުން" ނަމުގައި ވޯކްޝޮޕްއެއް ބ.އޭދަފުށީގައި ފަށައިފި.

"ޒިންމާދާރު ރައްޔިތެއް ބިނާކުރުން" މި ނަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ބ.އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ބ އަތޮޅުގެ ރަށުކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރުވެރިންގެ އިތުރުން، ބ.އަތޮޅުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ވެރިންގެ ބައިވެރިވުމާއި އެކު ބޭއްވޭ ވޯކްޝޮޕްއެކެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ބިނާކުރުވަނިވި ޒިންމާދާރު ރައްޔިތެއް ބިނާކުރުމާއި ބެހޭގޮތުން މައުލޫމާތު ދިނުމެވެ. މި ވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަލްފާޟިލް އިސްހާޤް އަޙްމަދުއެވެ.
ވޯކްޝޮޕްގެ ތައާރަފެއް ދެއްވަމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާހީމް ހަމީދު ވިދާޅުވީ މިއީ ހޯމް އެފެއާޒްގެ ފަރާތުން މި ގޮތަށް ބާއްވާ 6 ވަނަ ވޯކްޝޮޕްކަމުގައެވެ. މީގެ ކުރިންވެސް ބައެއް އަތޮޅުތަކުގައި މިފަދަ ވޯކްޝޮޕްތަކެއް ބޭއްވިފައިވާކަމަށާއި، ނަމަވެސް މީގެ ކުރިން މި ވޯކްޝޮޕް ބާއްވަމުން ގެންދިޔައީ އަމާންވެއްޓެއް ގާއިމްކުރުމުގެ ނަމުގައި ނަމަވެސް، މިފަހަރު މި ބޭއްވެނީ އެނަން 'ޒިންމާދާރު ރައްޔިތެއް ބިނާކުރުން' ގެ ނަމަށް ރީބްރޭންޑް ކުރެވިގެންނެވެ. މިގޮތައް މިނަން ރީބްރޭންޑް ކުރަން ޖެހުނު ސަބަބަކީ އަމާންވެއްޓެއް ޤާއިމްކުރެވޭނީ ފުރަތަމަ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކޮށްގެން ކަމުގައިވާތީ ކަމަށް ޕާމަނަންޓް ސެކްރެޓަރީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

workshop-02
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު އާދިލް ވިދާޅުވީ، މިފަދަ ބައްދަލުވުމެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން އިންތިޒާމްކޮށްދެއްވީތީ، އަތޮޅު ކައުންސިލާއި މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގެ އިސްވެރިންނާއި ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާކަމުގައެވެ. އަދި މި ވޯކްޝޮޕްގެ ސެޝަންތަށް ކުރިއަށްގެންގޮސްދެއްވުމަށް ވަޑައިގެންނެވި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެވޭނީ އެ ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި އެންމެހާ ފަރާތްތަކުން އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް، އެ ނަމޫނާ ދެއްކިގެންކަމާއި، ދައުލަތުގެ އެންމެ މަތިންފެށިގެން އެ ނަމޫނާ ދައްކައި އެކަން ގަބޫލްކޮށްގެންކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައްޔިތުން ބާރުވެރިކުރުމާއި ޒިންމާދާރުކުރުވުމުގެ ގޮތުން ލާމަރުކަޒީ ޤާނޫން ނަގަހައްޓާ ދަމަހައްޓަން ކަމާގުޅޭ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

workshop-03

މިފަދަ ވޯކްޝޮޕްތަކުގެ ނަތީޖާ ރަނގަޅުކުރެވޭނީ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިގެންކަމުގައިވެސް ވަނީ ދަންނަވާފައެވެ.
މިމަހުގެ 26 – 27 އަށް ބ.އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ބ އަތޮޅު ގެ ހުރިހާ ރަށެއްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit