ކައުންސިލް ލޮގިން

26 މެއި

"ޒިންމާދާރު ރައްޔިތެއް ބިނާކުރުން" ނަމުގައި އޭދަފުށީގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި.

"ޒިންމާދާރު ރައްޔިތެއް ބިނާކުރުން" މި ނަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ބ.އަތޮޅު ކައުންސިލާއި ގުޅިގެން، މެއި މަހުގެ 25ން 26އަށް، އޭދަފުށީގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ރަސްމިއްޔާތު އޮތީ އޭދަފުށި މަލްޓިޕާޕަސް ހޯލްގައި ބުރާސްފަތި ދުވަހު މެންދުރު ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ. ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަލްފާޟިލް އިސްހާޤް އަޙްމަދުއެވެ.
މި ވޯކްޝޮޕަކީ ބ އަތޮޅުގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުސިލްގެ ރައީސުންނާއި، ކައުންސިލަރުންނާއި، ޒިންމާދާރުވެރިންގެ އިތުރުން، ބ.އަތޮޅުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ވެރިންގެ ބައިވެރިވުމާއި އެކު ބޭއްވުނު ވޯކްޝޮޕްއެކެވެ.
މިފަދަ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ބިނާކުރުވަނިވި ޒިންމާދާރު ރައްޔިތެއް ބިނާކުރުމާއި ބެހޭގޮތުން، ތަފާތު ދާއިރާތަކުގެ ބޭފުޅުން އެދާއިރާއަކުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މަޢުލޫމާތު ދިނުމެވެ.
މިމަހުގެ 25ން 26އަށް ބ.އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި ކުރިއަށްދިޔަ މި ވޯކްޝޮޕްގައި، ބ އަތޮޅު ގެ ހުރިހާ ރަށެއްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ އިސް ބޭފުޅުން ބައިވެރިވެ، އެދާއިރާއަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވުނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit