ކައުންސިލް ލޮގިން

29 މެއި

ބެޑްމިންޓަން ކޯޗިންގ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ބ އަތޮޅު ކައުންސިލްގެ އިދާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯރޓްސް އަދި އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ އާއި ގުޅިގެން ބ އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ބެޑްމިންޓަން ކޯޗިންގް ކޯހުގެ ބައިވެރިންނަށް  ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދީފިއެވެ. ސެޓްފިކެޓްތައް ބައްސަވައި ދެއްވީ ބ. އަތޮޅު ކައުންސިލް ގެ ރައީސް މުހައްމަދު އާދިލް އެވެ.
މިރަސްމިއްޔާތު ކުރިއަށް ދިޔައީ ބ.އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ. އަތޮޅު ކައުންސިލް ގެ ރައީސް ވިދާޅުވީ މިފަދަކޯހެއް ބ. އަތޮޅުގައި ހިންގުމުގެ ފުރުސަތު ލިބުނުކަމީ ބ. އަތޮޅުގައި ބެޑްމިންޓަން އިތުރަށް ކުރިއެރުވުމަށް ލިބުނު ވަރަށްރަގަޅު ފުރުސަތެއްކަމަށެވެ. މިކަން މަގުފަހިކޮށްދެއްވި ކަމަށް ޓަކައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަށާއި އަދި ޔޫތު މިނިސްޓަރަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އަދި ބައިވެރިންގެ ކިބައިން މިކުޅިވަރު ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިލެއްވިއެވެ.
އަދި މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މިރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިކުޅިވަރު އަތޮޅުތަކުގައި ކުރިއެރުވުމަށްޓަކައި އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކޮށްދެއްވުމަށް އެދި ލެއްވިއެވެ.
އަދި ހަމައެއާއެކު މިކޯހުގައި ކިޔަވައިދެއްވި ޓިއުޓާއިން ފާހަގަ ކުރިގޮތުގައި މިކޯހުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީ.ޑަބްލިޔު.އެފް) ލެވެލް 1 ގެ ކެޓެގަރީއަށް ފާސްވާ ކޮންމެ މީހަކީ ބައިނަލް އަގުވާމީ ފެންވަރުގައި ބަލައިގަންނާނެ ކޯޗެއްކަމަށެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔޫ.އޭ) ލެވެލް 1 ގެ ކެޓެގަރީއަށް ފާސްވާ ކޮންމެ މީހަކީ ދިވެހިރާއްޖޭގެ ފެންވަރުގައި ބަލައިގަނެވޭނެ ކޯޗެއްކަމަށްވެސް ވިދާޅުވިއެވެ.
ރަސްމިއްޔާތު ނިމުމުގެކުރިން ބައިވެރިންގެ ޝުއޫރު ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި، ކޯހުގެ ބައިވެރިއަކު ފާހަގަ ކުރިގޮތުގައި މިކޯހުގެ ސަބަބުން ކުރިން ނޭގިހުރި ބައިވަރު މައުލޫމާތު ލިބިގެން ހިގައްޖެކަމަށް ވިދާޅުވިއެވެ. އަދި މިކުޅިވަރު ކުރިއެރުވުމަށް ޓަކައި މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ބައިވެރިންގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.
މިކޯސް ފުރިހަމަ ކުރެއްވި ޖުމްލަ 13 ބައިވެރިންނަށް ކައުންސިލުން ވަރަށް ހޫނު މަރުހަބާ ކިޔެއެވެ.
މިކޯހުގެ ނަތީޖާ އަދި ފާސްވިކަމުގެ ސެޓްފިކެޓް ލިބޭނީ ބީ.ޑަބްލިޔު.އެފް. އާއި އެމް.އެން.އައި.އެސް. އިން ބެއްލެވުމަށް ފަހުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit