ކައުންސިލް ލޮގިން

31 މެއި

"އެމްބަސީ އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސިވިލް މިލިޓަރީ ސަޕޯރޓް" ޓީމުގެ އިސް ބައެއް ބޭފުޅުން އަތޮޅު ކައުންސިލްއާ ބައްދަލު ކުރައްވައިފި

މި ބައްދަލުވުމަކީ މިދިޔަ އަހަރު ބ އަތޮޅު ކައުންސިލް އިން އެމްބަސީ އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސިވިލް މިލިޓަރީ ސަޕޯރޓް" ޓިމާއި އެކު ބޭއްވުނު ތަފާތު ބައްދަލުވުންތަކުގައި ބ އަތޮޅުގައި ހިންގެން ހުރި ޕްރޮޖެކްޓް ތަކާއި ބެހޭގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން އަތޮޅު ކައުންސިލް އިން މި ޓީމާއި އެކުވަނީ މީގެ ކުރިން 03 ފަހަރަކު ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ފާއިތުވި އަހަރު ވަނީ ބ ދޮންފަނު ސްކޫލްގެ ލައިބްރަރީއަށް ބޭނުންވާ ބައެއް ފޮތް ހަދިޔާކުރެވި ބ ހިތާދޫ ސިއްޚީ މަރުކަޒަށް ބޭނުންވާ ބައެއްސާމާނު ހަދިޔާ ކުރެވިފައެވެ.

ambasy-1
ބ އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް މަބުރޫކް ނަޞީރު ވިދާޅުވީ މިހާތަނަށް މިޓީމަށް 7 ޕްރޮޖެކްޓެއް ބ އަތޮޅުގައި ހިންގުމަށް ހުށެހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 3 ޕްރޮޖެކްޓަކާއި ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އެއީ ބ ދޮންފަނުގައި 4 ކްލާސްރޫމް އެޅުމާއި، ބ ކަމަދޫ ސްކޫލުގައި އިތުރު ކްލާސްރޫމް ތަކެއް ހެދުމުގެ އިތުރުން އޮފީސް އިމާރާތެއް ހެދުމާއި، ބ ހިތާދޫ ސިއްޙީމަރުކަޒުގައި 8 އެދުގެ ވޯޑެއް ހެދުމެވެ. މި 03 ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުތެރޭގައި ފެށިގެންދާނެއެވެ. މި މަސައްކަތް ފެށުމުގެ ކުރިން ކުރިއަށް އޮތް 02 މަސްދުވަހުގެ ތެރޭގައި "އެމްބަސީ އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސިވިލް މިލިޓަރީ ސަޕޯރޓް"ގެ އިންޖިނިއަރިންގް ޓީމެއް މި އަތޮޅަށް ވަޑައިގަންނަވާނެކަމުގައި ބ އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް މަބުރޫކް ނަޞީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ތެރޭގައި މި ޓީމާއި އެކު ބޭއްވުނު މަޝްވަރާބައްދަލުވުމެއްގައި އަތޮޅު ކައުންސިލް އިން ވަނީ މި އަތޮޅުގައި ފަސްޓް އެއިޑް ޓްރެއިނިންގް އެއް ބޭއްވުމަށް މި ޓީމާއި އެކު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މި އަހަރު ސެޕްޓެމްބަރ މަހުގެ 11- 15 މި އަތޮޅުގައި ފަސްޓްއެއިޑް ޓްރެއިނިންގް ޕްރޮގްރާމެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ. މި ޓްރެއިނިންގައި ކޮންމެ ރަށަކުން 02 ބައިވެރިން ބައިވެރިވާނެވެ.

ambasy 3
މީގެ އިތުރުން އިތުރު ޕްރޮޖެކްޓްތަކެއް ހިންގުމާއި މެދު ކުރެވުނު މަޝްވަރާގައި 2017 ވަނަ އަހަރު އިތުރު 04 ޕްރޮޖެކްޓެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓް ތަކުގެ އަގު 50 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ބ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި ބ އަތޮޅު ކައުންސިލްގެ ރައީސް، ނާއިބްރައީސް، މެމްބަރުން, ކައުންސިލްގެ އިސްވެރިންގެ އިތުރުން "އެމްބަސީ އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސިވިލް މިލިޓަރީ ސަޕޯރޓް" ޓީމުގެ ޑެޕިއުޓީ ޑައިރެކްޓަރ މިސްޓަރ ޗާރލްސް ބީސްލީ އާއި ޑައިރެކްޓަރ މިސްޓަރ ސްޕެންސަރ ކެލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit