ޕޮލިސީ ޕްލޭނިންގ ރިސާޗް އެންޑް މޮނިޓަރިންގ
މައިގަނޑު މަސައްކަތްތައް
- ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށް ބިނާކޮށް އަތޮޅުގެ ތަރައްޤީޕްލޭން އެކުލަވާލާ، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާ ޙަވާލު ނުކޮށްހުންނަ މަޝްރޫޢުތައް އެކަމަކާ ގުޅޭ ޔުނިޓަކާ ހަވާލްކުރުން.
- ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބެލުން.
- އިދާރީ ދާއިރާގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވަލުމުގަޔާ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ރާވާ ހިންގުމުގައި ރަށްރަށުގެ ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލާ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- އަތޮޅުގެ އިޤްތިޞާދީ ތަރައްޤީއަށާއި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ތަފާސް ހިސާބު ހޯދައި، ކަމާބެހޭ ޑޭޓާ ބޭސްއެއް ހަދައި އަތޮޅުފެންވަރުގައި މިޑޭޓާބޭސް ބެލެހެއްޓުން.
- އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއިބެހޭ އެންމެހާ ކަންކަން ކުރުން.
- ރައްޔިތުންގެ ފަރާތުން ހަދާފައިވާ ބިނާއަކަށް ބަދަލުގެނައުމުގެކުރިން ނުވަތަ އަލުން ބިނާއެއް އުފެއްދުމުގެކުރިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ލިޔުމަކުން ހުއްދަ ހޯދުން.
- އިދާރީ ދާއިރާއެއްގައި ހުންނަދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެ މިނިސްޓްރީތަކާއި އޮފީސްތަކުން، އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.
- އިދާރީ ދާއިރާއެއްގައި ހުންނަދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- އަތޮޅުގެ ތިމާވެއްޓަށް އަންނަމުނަދާ ބަދަލުތައް ދިރާސާކޮށް ދެނެގަނެ ކަމާބެހޭފަރާތްތަކަށް ހުށައެޅުމާއެކު އެކަމާގުޅޭ އެންމެހާ ކަންކަން ކުރުން.
- ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުން
- އަތޮޅުގެ ވިހާ މަރުވާއާއި މީހުންގެ ރަޖިސްޓްރީ ގެ ކަންތައްތައް ބެލެހެއްޓުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިނގާ ނުހިނގާގޮތް ބަލައި ވަޒަންކޮށް ފޮނުވަންޖެހޭ ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
- އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
- އަތޮޅު ރަށްރަށުގެ ބިން ބައިކުރުމާއި، ދޫކުރުމާއި، ގެންގުޅުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ވިއްކުމާއި، ކުއްޔަށް ދިނުން ފަދަ މުޢާމަލާތުތަކާބެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސަވާފައިވާ ސިޔާސަތުތަކާއި، ޤަވާއިދުތަކާޢި އުޞޫލްތަކާއި އެއްގޮތަށް ހިންގުން.
- އިދާރީދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތު ކުރުން.
- އަތޮޅު ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން.
- އިދާރީ ދާއިރާގެ ފެރީގެ ނިޒާމް، ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- މީގެ އިތުރުންވެސް އަތޮޅު ކައުންސިލުން ދޭންޖެހޭނެކަމަށް ޤާނޫނުނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން
- ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ އިދާރާ ހިންގަވަން ހުންނަވާ ވެރިޔަކު، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރައްވާ މަސައްކަތްތަކާއި ކަންކަން ވީއެންމެ އަވަހަށް ނިންމުގައި އެބޭފުޅަކާ އެހީތެރިވެ އެއްބާރުލުންދީގެން މަސައްކަތްކުރުން.
- ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން.