ކައުންސިލް ލޮގިން

ފުޅަދޫ

މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ރަށެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ޓުއަރިސްޓް ގެސްޓުހައުސް ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
މިރަށަކީ އަތަޅޮގެ ނިސްބަތުން އޮޑިދޯނިފަހަރު ގިނަ އަދި ލަފާފުރުމުގެ ދަތިކަން ތަހައްމަލް ކުރަންޖެހިފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. މިރަށުގައި ފާނަ މަސްވެރިކަން ކުރާ 8 ދޯނި އޮވެއެވެ.
މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.

ކައުންސިލްގެ އިދާރާ
މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. މި ޢިމާރާތުގެ ދަށުން ފުޅަދޫ މެޖިސްޓްރޭޓް ކޯޓުވެސް އަންނަނީ ހިންގަމުންނެވެ
ތަޢުލީމު
މިރަށުގައި ކިޔަވައިދެމުން ގެންދާ ސްކޫލަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ޕްރޮގުރާމްގެ ދަށުން 20 ފެބްރުއަރީ 1997 ގައި ހުޅުވި ސްކޫލެކެވެ. މިސްކޫލްގައި 23 ދަރިވަރަކު ދަނީ މިއަހަރު ތަޢުލީމް ހާސިލްކުރަމުންނެވެ. އަދި ކިޔަވައިދިނުމުގެ މަސައްކަތުގައި 2 ބިދޭސީ ޓީޗަރުންނާއި މިރަށުގެ 2 ޓީޗަރުން ޚަރަކާތްތެރިވެއެވެ. ސްކޫލްގައި ކިޔަވައިދެނީ ގުރޭޑް 7 އާއި އަމައަށެވެ.
ޞިއްޙަތު
މިރަށުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ފެށިފައިވަނީ 2008 ވަނަ އަހަރު އޮކްޓޯބަރ މަހުގެތެރޭގައި އަމިއްލަ ފަރުދެއްގެ ގެ އެއް ސަރުކާރުން ކުއްޔަށް ހިފައިގެންނެވެ. އޭރު ސިއްޙީ ޚިދުމަތް ދިނުމުގައި ޚަރަކާތްތެރިވެނީ ފެމެލީ ހެލްތު އޮފިސަރަކާއި ކޮމިޔުނިޓީ ހެލްތު އޮފިސަރެކެވެ.
މިރަށުގައި ޞިއްޙީމަރުކަޒެއް ގާއިމްކޮށް އެމަރުކަޒުން ޚިދުމަތް ދޭން ފެށީ 23 އޮކްޓޯބަރ 2010 ގައެވެ. މި މަރުކަޒުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި 01 ފެމެލީ ހެލްތު އޮފިސަރަކާއި، 01 ކޮމިޔުނިޓީ ހެލްތު އޮފިސަރެއްގެ އިތުރުން 01 ނަރުހަކު ޚަރަކާތް ތެރިވެއެވެ. މިރަށު ސިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހަކުރު ޓެސްޓު ހެދުމާއި އާދައިގެ ބަލިތަކުގައި ހާލުދެރަވާ ފަރާތްތަކަށް އައި.ވީ ގުޅުމާއި ބޭސް އަޅައި ދިނުނުމުގެ އިތުރުން އިންޖެކްޝަން ޖެހުންފަދަ ޚިދުމަތްތަށް ލިބެން ހުރެއެވެ. އަދި މިމަރުކަޒްގައި ރައްޔިތުންގެ ބޭސް ލިބެން ހުރެއެވެ.
ފުޅަދޫގެ ތާރީޚް
ފުޅަދޫ ފަރުގެ ފުޅަދޫއައި އިންނަފުއްޓާ ދޭތެރެއަށް ފުޅަދޫއާއި ކައިރިއަށް ފަރަންސޭސި ވިލާތުން ފުރައިގެން އައި ކޯބިން ކިޔާ ނައު އުރިފައިވެއެވެ. އެނައުގައި މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ޕިރާޑު ޑިލާވާލް އުޅުއްވިކަމަށްވެއެވެ. އެނައު އުރުނީ މީލާދީން 1902 ވަނަ އަހަރު ޖުލައި 02 ގައެވެ. އެނަވަކީ ފަރަންސޭސި ވިލާތުން މެލޯސްޓޭޓުން އިންޑޮނޭޝިޔާގެ އެޗިންއަށް ފުރި ދެނައުންކުރެ އެއްނައު އެވެ. ދެން އަނެއް ނައުއަށް ކިޔަނީ، ކްރެސެންޓާ އެވެ. ފުޅަދޫއަކީ ކުރީޒަމާނުގައި ޢުމުރަށް އަރުވާލާމީހުން އަރުވާލާ ރަށެވެ.
ކިޔާފައިވަނީ: 5849 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ބުދަ, 01 އޮކްޓޯބަރ 2014 04:25

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit