ކައުންސިލް ލޮގިން

ކަމަދޫ

             މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ އަކީ ބ. އަތޮޅުގެ އެންމެ އުތުރުބިތުގައި ބަރަވެލިކަނޑު މޫނަށްވާގޮތައް އޮތް ހަމައެކަނިރަށެވެ. ރަށުގެ ބޮޑުމިނަކީ 16.20 ހެކްޓަރ އެވެ. ތަބީޢީ ގޮތުން ރަށް އުފެދިފައިވަނީ ރަށުގެ މަލައުސް ހަތަރުބިތައް ގާތްގަނޑަކަށް އެއްވަރަށް، ރަށުގެ ދެކުނުފަރާތަށް ބިންގަނޑު ތިރި ރަށެއްގެ ގޮތުގައެވެ. އާބާދީއަކީ 65 އަހަރުން މަތީގެ 29 މީހުންނާއި 18 އަހަރުން ދަށުގެ 292 ކުދިންނާއި 18 އަހަރާއި 65 އަހަރާއި ދެމެދު 190 މީހުންނެވެ. ރަށުގެ އާބާދީގެ 264 މީހުނަކީ ފިރިހެނުންނެވެ، 247 މީހުންނަކީ އަންހެނުންނެވެ. ޖުމްލަ 511 މީހުން ދިރިއުޅޭ މިރަށުގެ މީހުން ދިރިއުޅުމަށް ކުރާމައިގަނޑު މަސައްކަތްތަކަކީ ފަންގެ ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުމާއި އަދި ޓްވަރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން ކޮންޓްރެކްޓް މަސައްކަތް ކުރުމެވެ. ރަށުގައި އިޖުތިމާޢީ ރޫޙު އާލާކޮށްދިރުވުމަށާއި އަދި ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ޙަރަކާތް ތެރިވާ ދެ ޖަމްޢިއްޔާ އޮވެއެވެ. އަދި ރަށުގައި ދަނޑުވެރިކަމާއި އެފަދަ އެހެން ކަނކަން ކުރިއެރުވުމަށް ރަށުގެ ނިސްބަތުން ގިނަ އަންހެނުން ހަރަކާތްތެރިވާ ސޮސައިޓީއެއް އޮވެއެވެ.ރަށުގެ ޢުމްރާނީ ޙާލަތަށް ބަލާއިރު ރަށުގައި ޙުކުރުމިސްކިތަކާއި މަދަރުސާއެއް އަދި ހެލްތް ސެންޓަރަކާއި ރަށުކައުންސިލް އިދާރާ މެޖިސްޓްރޭޓްކޯޓް ހިމެނޭގޮތުން ވަނީ ޤާއިމްކުރެވިފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރާއި ޤަބުރުސްތާނުވަނީ ރަނގަޅުފެންވަރެއްގައި ޤާއިމްކުރެވިފައިވެއެވެ. އަދި ނޯދަން ޔުޓިލިޓީޒްގެ ފަރާތުން ރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއެއް މިހާރުވަނީ ޢިމާރާތްކޮށް ނިމިފައެވެ. ރަށުގެ އެހެނިހެން ޙާލަތަށް ބަލާއިރު ރަށުގެ ފެން ބައެއް ހިސާބުތަކުގައި މިހާރުވަނީ ބޭނުން ނުކުރެވޭވަރަށް ތަޣައްޔަރުވެފައެވެ. އާދައިގެ ފެންވަރަކަށް ކަރަންޓް ނެޓްވޯކްއެޅި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރު ލިބެއެވެ. މުވާސަލާތީ ގޮތުން ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ލިބިދޭނެ ދިރާގު އެންޓަނާއަކާއި އަދި ވަތަނިއްޔާ އެންޓަނާއެއް ރަށުގައި ޤާއިމްކޮށްފައިވެއެވެ. އާބާދީގެ ނިޞްބަތުން ސަރުކާރުގެ ވަޒީފާ އަދާކުރާމީހުންގެ ޢަދަދަކީ 35 އެވެ. ރަށުގައި ކިޔަވައިދޭ އެންމެމަތީ ގްރޭޑަކީ ގްރޭޑް 10 އެވެ. އެންމެ އާދައިގެ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ލިބިދެއެވެ.

ކައުންސިލުގެ އިދާރާ

ކައުންސިލް އިދާރާ ބެހެފައިވަނީ މައިގަނޑު 4 ބައެއްގެ މައްޗަށެވެ. އެއީ ބަޖެޓް އެންޑް އެޑްމިސްޓްރޭޝަން، ޝޯޝަލް ސާރވިސް، މުނިސިޕަލް ސަރވިސް، ޕްލޭނިންގ އެންޑް ޕްރޮޖެކްޓް،ސެކްޝަނެވެ. މި 4 ބައިގެ ޚިދުމަތްތައް ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދެވެނީ ކައުންސިލް މެންބަރުން އިސްވެ ތިއްބަވައިގެންނެވެ. ކައުންސިލްގެ އެންމެހާކަންކަން ހިންގާނީ ކައުންސިލްގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. ރައީސް ރަށުގައި ނެތް ހާލަތްތަކުގައި ކައުންސިލްގެ ނައިބް ރައީސްގެ ބެލުމުގެ ދަށުން ރައީސްގެ މަސްވަރާގެ މަތިން ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށް އިދާރީ އޮފީހުންނެވެ. އެނޫން ވަގުތު ތަކުގައި ކައުންސިލަރުން ތިއްބަވާނީ އޮންކޯލްގައެވެ

ކައުންސިލުން ދޭ ޚިދުމަތްތައް

1- އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމާއި، ރަޖިސްޓްރީ ހެދުން
2- އޮޑި ދޯނި ފަހަރުގެ ރަޖިސްޓްރީ ހެއްދުން
3- ކައުންސިލްގައި ހެދިފައިވާ 25 ޤަވާއިދު ތަންފީޒުކުރުމުގެ ގޮތުން އެޤަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން
4- އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުން
5- ރަށުގައި ހިނގާއެންމެހާ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން
6- ކުއްލި ހާލަތްތަކުގައި ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުން
7- ރަށުން ބޯފެން ހުސްވާ ހާލަތްތަކުގައި ވާރޭ ފެން ފޯރުކޮށްދިނުން
8- ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށް ބިން ދޫކުރުން
9- ވިޔަފާރި ކުރުމަށް ބިން ދޫކުރުން
10- ކަށުކަމާ ކެމީގެ އެންމެހާކަންކަން ކުރުން
11- ބަނދަރު މަރާމާތު ކުރުމާއި ބެލެހެއްޓުން
12- ރައްޔިތުންނަށް އުނދަގޫ ނުވަނެ ގޮތަކަށް ރަށު ފެންވަރުގައި ކުނި ނައްތާލުން
13- ޕްރީ ސްކޫލް ތައުލީމު ހިލޭ ފޯރުކޮށް ދިނުން
14- ރަށުގެ ދަފިތަރު ބެލެހެއްޓުން ބިދޭސީން ހިމެނޭގޮތަށް
15- މިސްކިތް ބެލެހެއްޓުން.
16- ކޮންމެ މަހަކު އެއްފަހަރު ޕޭސްޓް ކޮންޓްރޯލު ކުރުން
17- މަގުމަތި ބަނދަރު ދިއްލާ ބެލެހެއްޓުން18- ކެފޭ ރެސްޓޯރެންޓް ތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން19- ވިޔަފާރިއާއި، ކެފޭ ރެސްޓޯރަންޓުގެ ރަޖިސްޓްރީ ހަދައިދިނުން
20- މީގުން ދިރިއުޅުމަށް ބަންޑަރަ ގޯތި ދޫކުރުން
21- އެކަނިވެރިން، މައިން ނުކުޅޭދޭ މީހުންގެ ސަބްސިޑީ ފޯމު ފުރައިދިނުން
22- އައިޑީ ކާޑް ހެއްދުމަށް ފޯމު ފުރައި ދިނުން
23- ކަރަންޓް ސަބްސިޑީ ފޯމު ފުރައި ދިނުން
24- ކަމަދޫ ސިއްޙީ މަރުކަޒުން ދޭ ބޭސް ސިޓީއަށް ބޭސް ވިއްކުން
25- ދީނީ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ނަސޭހަތް ދޭނެ ފަރާތްތައް މެދުވެރިކޮށް ނަސޭހަތް ދިނުން.

ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތް

 ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންނާ ގާތުން އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތައް ބަހާލެވިފައިވަނީ 4 ޔުނިޓަކަށެވެ. ޔުނިޓް ތަކުގެ މަސައްކަތް ކުރަމުންދާނީ ސިވިލސް ސާރވިސް މުވައްޒަފުންނެވެ. ސިވިލް ސާރިވިސް މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމަށް ކައުންސިލް މެންބަރުންވެސް ވާނީ ޔުނިޓްތަކަށް ބަހާލެވިފައެވެ.
ބަޖެޓް އެންޑް އެޑް މިނިސްޓްރޭސަން : ހިއުމަން ރިސޯސަސް މަސައްކަތްތަކާއި ފައިސާއާއި ބެހޭ މަސައްކަތްތަކުގެ އިތުރުން ދުވަހު ޔައުމިއްޔާ ތައްޔާރު ކުރުމާ ރިޕޯތްތައް ބެލެހެއްޓުމުގެ އިތުރުން ޕްރީސްކޫލް ބެލެހެއްޓުން
ސޯސަލް ސާރވިސް: ޒުވާނުންނާ ގުޅުންހުރި އެންމެހާ ކަންކަން ބެލެހެއްޓުމާ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން އިޖުތިމާއީ ތަރއްޤީޤެ ޕްރޮގްރާމްތައް ހިންގުމާއި މުނާސަބަތު ދުވަސްތައް ފާހަގަ ކުރުން.
މުނިސްޕަލް ސާރވިސް: ރަށުގައި ދެވޭ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުމާ، މިސްކިތް ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންންކަމާއި، ހުކުރު ކުރުމުގެ އިންތިޒާމުގެ އިތުރުން މަގުމަތި އަދި ބަނދަރު ދިއްލާ ބެލެހެއްޓުން.
ޕްރޮޖެކްޓް ސާރވިސް: ކައުންސިލްގައި ހިންގޭ އެކިއެކި ޕްރޮޖެކްޓްތައް މޮނިޓަރކޮށް، ހުށަހެޅޭ ބިޑްތައް އެވިއުލޭޓް ކުރުމުގެ އިތުރުން ރަށުގެ ދަފްތަރު ބެލެހެއްޓުން، ބިދޭސީންނާ ގުޅުންހުރި އެންމެހާކަންކަން ކުރުން

ތައުލީމް

ކަމަދޫ މަދަރުސާގައި ގްރޭޑް 10 އަށް އަންނަނީ ކިޔަވައިދެމުންނެވެ. އަދި ނާސރީ ލެވެލްގެ ކުދިންނަށް ކިޔަވައިދިޭ ޕްރީސްކޫލް އެއް މި ރަށުގައި ގައިމް ކުރެވިފައިވެއެވެ.

ސިއްޙަތު

ެންމެ އާދައިގެ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ލިބިދެއެވެ. ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް އަދި 2 ނަރުސްގެ އިތުރުން 3 ކޮމިޔުނިޓީ ހެލްތް އޮފިސަރުން ތިއްބަވައެވެ. އަދި އެއެއްވެސް އާއްމު ބަލި ތަކުގެ ޓެސްޓެއް ހެދޭކަށް މި މަރުކަޒުގައި ނުހުރެއެވެ.

މަސައްކަތްތެރިކަން

ޖުމްލަ 511 މީހުން ދިރިއުޅޭ މިރަށުގެ މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތްތްކަކީ ފަން ވިނުމާއި ރޯނުވެށުމާއި ދަނޑުވެރިކަންކުރުމާއި އަދި ޓްވަރިޒަމް ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ކޮންޓްރެކްޓް މަސައްކަތް ކުރުމެވެ. ރަށުގައި އިޖްތިމާޢީ ރޫހު އާލާކޮށް ދިރުވުމަށާއި އަދި ދީނީގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް އޮވެއެވެ. އަދި ރަށުގައި ދަނޑުވެރިކަމާއި އެފަދަ އެހެން ކަންކަން ކުރިއެރުވުމަށް ރަށުގެ ނިސްބަތުން ގިނަ އަންހެނުން ހަރަކާތްތެރިވާ ސޮސައިޓީއެއް އޮވެއެވެ.

ކުޅިވަރު

ރަށުގައި ފުޓްބޯޅަ، ވޮލީ، ބަށި، ނެޓްބޯލް ފަދަ ކުޅިވަރުތައް ކުޅެހަދައެވެ. މީގެ އިތުރުން ސަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރު، ދަފިނެގުން، މާލި ނެރުން، ބަނޑިޔާ ޖެހުން، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ފެންކުޅި ކުޅުން، ކޯޑިޖެހުން ފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ.

ކިޔާފައިވަނީ: 6312 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 16 މާޗް 2015 09:36

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit