ކައުންސިލް ލޮގިން

4 ޖެނުއަރީ

ބ.އޭދަފުށީގައި ޑްރައިވިންގ ޓްރެކެއް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

އަތޮޅު ކައުންސިލްގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ޚިދްމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރަންސް ރޫމްގައެވެ. އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ނާއިބް ރައީސް މަބުރޫކް ނަޞީރު އެވެ. މަސައްކަތާއި ހަވާލުވިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބީލަން ކާމިޔާބު ކުރެއްވި ބ.އޭދަފުށި، ބޯގަންވިލާ މުހައްމަދު ޔޫސުފްއެވެ.

2

ތިން ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 900,000.00ރ (ނުވަސަތޭކަ ހާސް ރުފިޔާ) އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓްގެ ދަށުން މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރެވުނީ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަށާފާރު ރޭނުމާއި ރޭމްޕް ހެދުމުގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގެ ދަށުން ޑްރައިވިންގ އޭރިއާ ލެވެލްކޮށް ގައު އެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ފިޔަވަހީގެ ދަށުން ކަރަންޓް ވިއުގަ އެޅުމާއި ލައިޓް ސިސްޓަމް ގާއިމްކޮށް ރޭގަނޑު ދިއްލޭނެ އިންތިޒާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެކްގެ މަސައްކަތް ނިންމާލުމާއެކު، ކައުންސިލްގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދްމަތްތައް މާލެއެކޭ އެއް ފެންވަރުގައި އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ލިބިގެންދާނެއެވެ. އަދި 2014ވަނަ އަހަރުން ފެށިގެން، އަތޮޅު ކައުންސިލްގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ޚިދްމަތްތައް އިތުރު ހަރުފަތަކަށް ގެންދެވި، ޚިދްމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެކަމަށް ކައުންސިލްގެ ފަރާތުން އުއްމީދުކުރާ ކަމުގައި ދަންނަވަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit