ކައުންސިލް ލޮގިން

14 ޖޫން

ބ އަތޮޅު ކައުންސިލްއިން ކޮންމެ އަހަރަކު ބާއްވާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިފި

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން 1438 ވަނައަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ގުޅުވައިގެން އަތޮޅު ކައުންސިލް އިން ބާއްވާ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިފިއެވެ.
އަތޮޅު ކައުންސިލް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާންމަހާއި ގުޅުވައިގެން މި ބާއްވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން އިތުރުކުރުމުގެ އިތުރުން ދީނި ހޭލުންތެރިކަން އިތުރުކުރުމަށް އަތޮޅު ކައުންސިލްގެ ވޯކްޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި އަހަރުވެސް މި އަތޮޅުގެ 13 ރަށުގައި ދީނީ ނަސޭހަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުން ފެށިގެން މިމަހުގެ 17 ވާ އާދީއްތަދުވަހާއި ހަމައަށް އެކި ރަށްތަކުގައި މެންދުރުނަމާދާއި އަޞްރުނަމާދަށް ފަހު ދީނީ ނަސޭހަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ނަސޭހަތް ދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ވަޑައިގެންނެވި 2 ބޭފުޅުން ކަމަށްވާ ޝެއިޚް ހަސަން ތައުފީގް އަދި ޝެއިޚް އަޙްމަދު ފަހްމީ ދީދީ އެވެ..
މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގައި ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުންނާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް އަތޮޅު ކައުންސިލް އިން ޝުކުރުދަންނަވަމެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit