ކައުންސިލް ލޮގިން

14 ޖުލައި

ބ. އަތޮޅު ކައުންސިލް 32 ވަނަ ޤުރުއާން މުބާރާތް ނިމިއްޖެ

ބ. އަތޮޅު ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ ކައުންސިލަށް ލިބިއްޖެ އެވެ.

ޖުލައި 13-14 އަށް އޭދަފުށީގައި ބޭއްވި މި މުބާރާތުގެ އެއްވަނަ ތުޅާދޫ ކައުންސިލަށް ލިބުނުއިރު، ދެވަނަ އަށް ހޮވުނީ އޭދަފުށީ ކައުންސިލެވެ. ތިން ވަނަ ހާސިލްކުރީ ކެންދޫ ކައުންސިލެވެ.

މުޅި މުބާރާތުން ވަނަ ދިނުމުގެ އިތުރުން މުބާރާތުން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި ފޮތުން ކިޔެވުމުން ވެސް ވަނީ އެއްވަނަ ހޮވައިފަ އެވެ.

މުޅި މުބާރާތުން ފޮތުން އެއްވަނަ އަންހެން ދަރިވަރަކަށް ހޮވުނީ ހިތާދޫ، ނުހާ އިސްހާގު އެވެ. މުބާރާތުން އެއްވަނަ ފިރިހެން ދަރިވަރަކަށް ހޮވުނީ އޭދަފުށީ ކައުންސިލުގެ އިޔާން އަލީ ވަހީދު އެވެ.

ހިތުދަސްކުރުމުގެ ބައިން އެއްވަނަ އަށް ހޮވޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން ކޮންމެ ގޮތްޕަކުން ވެސް ވަކި އަދަދަކަށް ފޮތް ކިޔަވާ ކުދިންގެ ތެރެއިން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި ވަކިވަކިން ވެސް ވަނީ ވަނަ ހޮވައިފަ އެވެ. މި މުބާރާތުގައި މި އަތޮޅުން 23 ދަރިވަރުން ވާދަކުރި އެވެ.

މި މުބާރާތުން ގައުމީ ގުރުއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމަށް ނުހާ އާއި އިޔާންގެ އިތުރުން ހޮވިފައިވަނީ ހިތާދޫ ކައުންސިލުގެ އައިޝަތު ނަޖްލާ އާއި ޔައީސް މުހައްމަދު ސާޖިދު އާއި ތުޅާދޫ ކައުންސިލުގެ އައުފާ ރަޝީދު އަދި ރާއިދު މުހައްމަދު އެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އުސައިދު ހަސަން އާއި އަލްޤާރީ އިބްރާހިމް ނައީމް އާއި އަލްޤާރީ އިބްރާހިމް ޝިފާއު އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit