ކައުންސިލް ލޮގިން

29 ނޮވެންބަރ

"ރަންނާ އެވޯޑް 2018 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިވި

ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ބ.އަތޮޅަށް އަދި ގައުމަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކާއި، 2016 އަދި 2017 ވަނަ އަހަރު ބ.އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތަކާއި ގެސްޓް ހައުސް އަދި އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، އެންމެ ޚިދުމަތްތެރި ކްލަބް ޖަމިއްޔާއަކާއި ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕޭރެންޓް ޓީޗަރ އެސޯސިއެޝަން/ޕީ.ޓީ.އޭ) ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބ.އަތޮޅު ކައުންސިލް އިން އިންތިޒާމްކޮށްގެން ދެއްވާ "ރަންނާ އެވޯޑް 2018" އަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. އަދި މިހަފްލާ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީ ތަކާއި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިކައުންސިލް އިން ދަނީ ކުރަމުންނެވެ. މި އެވޯޑް ދެވޭނީ ތިރީގައިވާ މައިގަނޑު 6 ދާއިރާއަށެވެ.

1. ޝަރަފްވެރިކަމުގެ އެވޯޑް

2. ހިތްވަރުދިނުމުގެ އެވޯޑް

3. ކައުންސިލުންދޭ ޚާއްޞަ އެވޯޑް

4. މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް

5. ޚާއްޞަ ޚިދުމަތުގެ އެވޯޑް

6. ހިންގުންތެރިކަމުގެ އެވޯޑް

ރަންނާ އެވޯޑް 2018 ޙާޞިލް ކުރައްވާ ފަރާތްތަކަށް ބ.އަތޮޅު ކައުންސިލްގެ ފަރާތުން ޚާއްޞަ އެވޯޑެއް އަރުވާއިރު، އެންމެ ޚިދުމަތްތެރި ރަށުކައުންސިލްތަކަށާއި، އެންމެ ޚިދުމަތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށާއި އެންމެ ހިންގުންތެރި ކްލަބް/ ޖަމިއްޔާ އަދި ޕީ.ޓީ.އޭއަށް ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެވޯޑަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެވޯޑަށް ކުރިމަތިލައްވަން އެދޭފޯމް ފުރިހަމަކުރުމަށްފަހު، ބ.އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލްގެ އިދާރާއަށް ހުށަހެޅޭނެއެވެ.

އެވޯޑްތަކަށް ކުރިމަތިލެވޭ ދާއިރާތަކާއި، ކުރިމަތިލުމުގައި ކައުންސިލުން ބަލާނެ މިންގަނޑުތައް ހިމަނާ ތައްޔާރުކުރެވިފައިވާ "ރަންނާ އެވޯޑް ދިނުމުގެ ސިޔާސަތު 2018 " އިދާރާގެ ކައުންޓަރުންނާއި ރަށުކައުންސިލްތަކުގެ އިދާރާއިންނާއި، މި އަދި މި އިދާރާގެ ވެބްސައިޓް www.baa.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ 6608300 ނަންބަރު ފޯނާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަކީ ކައުންސިލްގެ އެދުމެކެވެ.

ރަންނާ އެވޯޑް 2018 ގެ ސިޔާސަތު

ޑައުންލޯޑް

ހިންގުންތެރިކަމުގެ އެވޯޑަށް އެދޭ ފޯމް

ޑައުންލޯޑް

 ހިތްވަރުދިނުމުގެ އެވޯޑަށް އެދޭ ފޯމް

ޑައުންލޯޑް

ޚާއްސަ ޚިދުމަތުގެ އެވޯޑަށް އެދޭ ފޯމް

ޑައުންލޯޑް

 

ޑައުންލޯޑް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit