ކައުންސިލް ލޮގިން

8 ޑިސެންބަރ

އިންޑިއާގެ ސަފީރާ އަތޮޅު ކައުންސިލުގެ ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު އަދި ނާއިބް ރައީސް އަޙްމަދު އަފްރާޙް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، އިންޑިއަން ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ސްކޯލަޝިޕް ފުރުސަތުތަކާ ގުޅޭ ގޮތުންނާއި ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމާއި ގުޅިގެން އިންޑިއާގެ ސަފީރު ކުރެއްވި ޓްވީޓްގައި ރައީސް އަދި ނާއިބްރައީސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

tweet

އަތޮޅު ކައުންސިލްގެ ރައީސް މަބުރޫކު ނަސީރު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގައި އިންޑީޔާ ހައިކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ވަރަށް ޔަގީންކަމެއް ދެއްވި ކަމަށެވެ
މި ބައްދަލުކުރެއްވުމުގައި ބ. އަތޮޅު ކައުންސިލުން ވަނީ އިންޑިއަން ހައި ކޮމިޝަނަރު، އަކިލޭޝް މިޝްރާ ބ. އަތޮޅަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފަ އެވެ.

އަތޮޅު ކައުންސިލްގެ ރައީސް އަދި ނާއިބްރައީސްގެ މި ދަތުރުފުޅަކީ އަންނަ އަހަރު ބޭއްވޭ ރަނންނާ އެވޯޑް 2018 އާއި ގުޅިގެން ނިންމަންޖެހޭ ކަންތަކާއި އަދި ޕާސްޕޯޓް އެޕްލިކޭޝަން ޕްރޮސެސިންގެ ޚިދުމަތް އަތޮޅުގެ ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި ނިންމަންޖެހޭ ކަންތައް ނިންމުމަށް ކުރެވޭ ދަތުރުފުޅެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit