ކައުންސިލް ލޮގިން

2 ޖެނުއަރީ

ޑްރައިވިންގ ޓްރެކްގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައިކޮށްދިނުމަށް ބަޔަކާއި ހަވާލުކޮށްފި

ބ. އަތޮޅުކައުންސިލުން އޭދަފުށީގައި ހަދަމުންގެންދާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކްގައި އަތުރަންބޭނުންވާ ގައު އަމިއްލަ ތަކެތީގައި އަޅައި އެ ސަރަހައްދަށް ޑެލިވަރީކޮށްދިނުމަށް ކ. ކާށިދޫ ރެޑްސީ ކުންފުންޏާއި މިއަދު ހަވާލުކޮށްފިއެވެ.

ރެޑްސީ ކުންފުންޏާއި ހަވާލުކުރެވުނީ ޓްރެކްގައި އެތުރުމަށް ބޭނުންވާ 45،000 (ސާޅީސް ފަސްހާސް) އިންޓަރލޮކިންގ ރެކްޓެންގިއުލަރ ބްލޮކްސް (ޕޭވިންގ ބްލޮކްސް) އަމިއްލަ ތަކެތީގައި އަޅައި އޭދަފުށި ހުޅަނގު އުތުރު ސަރަހައްދުގައި ތައްޔާރުކުރަމުންދާ ޓްރެކް ސަރަހައްދަށް، އެގްރީމަންޓްގައި ސޮއިކުރާދުވަހުން ފެށިގެން 62 (ފަސްދޮޅަސް ދޭއް) ދުވަހުގެ ތެރޭ ގެންގޮސް ނިންމައިދޭ ގޮތަށެވެ.

ރެޑްސީ ކުންފުންނީގެ ވެރިފަރާތްކަމުގައިވާ ނާސިރު ޔޫސުފް ވިދާޅުވި ގޮތުގައި "މިއަދުން ފެށިގެން 20 (ވިހި) ދުވަސްފަހުން މި ކޮޅަށް ގެންނަން ޖެހޭ 45،000 ގައުގެ ތެރެއިން 10،000 ގައު (ފުރަތަމަ ލޯޑް) ޑެލިވަރީ ކޮށްދޭނެކަމަށެވެ. އަދި މޫސުން ތަންދޭނަމަ ކޮންމެ ހަފްތާއަކު ދެ ލޯޑް ޖަހާލެވޭނެވަރު ވާނެކަމަށް އުއްމީދު ކުރެވޭ" ކަމުގައެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މަބުރޫކް ނަސީރުއެވެ. ރެޑް ސީ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނާސިރު ޔޫސުފްއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit