ބ. އަތޮޅު ކައުންސިލަށް 2018 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ އާއި ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓު ހިމަނައިގެން ބ. އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓް މިއަދު ކައުންސިލުން ފާސްކުރައްވައިފިއެވެ.
2018 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓެއްގެ ގޮތުގައި ދައުލަތުން ދެއްވި -/4681981 (ހަތަރު މިލިއަން ހަސަތޭކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ އެއް ރުފިޔާ) އާއި އަތޮޅު ކައުންސިލްގެ އާމްދަނީ -/1282014 (އެއްމިލިއަން ދުއިސައްތަ އަށްޑިހަ ދެހާސް ސާދަ ރުފިޔާ )އާއި އެކު މުޅި ޖުމްލަ -/5963995 (ފަސްމިލިއަން ނުވަސަތޭކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ނުވަދިހަ ފަސްރުފިޔާ) ވަނީ ފާސްކޮށްފައެވެ.
މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ
* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ