ބ. އަތޮޅު ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން އޭދަފުށީގައި މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބ. އަތޮޅު ކައުންސިލާ ގުޅިގެން މިއަދު ހެނދުނު އޭދަފުށީ މަލްޓިޕާޕަސް ސެމިނާ ރޫމުގައި ފެށި މި މަސައްކަތު ބައްދަލުވުމުގައި މިއަތޮޅުގެ އެކި ރަށްރަށުން 28 މީހުން ބައިވެރިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މެންދުރު ކުރިއާއި މެންދުރު ފަސް އަދި ރޭގަނޑުގެ ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މައިގަނޑު ހަތަރު ދާއިރާއަކުން ބައިވެރިންނާ މައުލޫމާތު ޙިއްޞާކުރާނެއެވެ. އެ ހަތަރު ދާއިރާއަކީ، ޤުރްއާން، ފިޤްހް، ޚުޠުބާ ކިއުމުގެ ހުނަރު އަދި މޮސްކް މެނޭޖްމަންޓެވެ.
މި ވޯކް ޝޮޕް ނިމޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.