ކައުންސިލް ލޮގިން

1 މެއި

ކޮމިޝަނަރ އޮފް ޕޮލިސް ބ.އަތޮޅު ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި

ފުލުހުންގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްބ. އަތޮޅަށާއި ރ. އަތޮޅަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބ. އޭދަފުށި ކައުންސިލް އަދި އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އޭދަފުށީ މެމްބަރުންވަނީ އޭދަފުށީގެ ކުށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެރަށަކީ ކުށްމަދު އަމާން މުޖުތަމަޢުއެއް އޮތް ރަށެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި އޭދަފުށީގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރިދަތިތަކާއި ފުލުހުންގެ ފަރާތުން ރަގަޅުކުރުމަށް ހުރި ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންގެ ހުނަރު އިތުރުކޮށް ޤާބިލް ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ޖޮބް ރޮޓޭޝަން ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި މިކަމަށް ކައުންސިލް މެމްބަރުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް އެދިލެއްވިއެވެ. އަދި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންނާ ވީހާވެސް ކައިރިން ފުލުހުންގެ ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދީ ފުލުހުންގެ ފަރާތުން ރަގަޅު ކުރަން ހުރި ކަންކަން ރަގަޅުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ސާދިޤާއި، ޑިވިޝަނަލް އޮޕަރޭޝަންސްގެ ކޮމާންޑަރގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއާއި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބްގެ އިތުރުން ކޮމިޝަނަރސް ބިއުރޯ ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit