ކައުންސިލް ލޮގިން

6 ޖޫން

ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތަށް ބ.އަތޮޅުންދާ ދަރިވަރުން ހޮވައިފި

ބ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބ.ތުޅާދޫ ބޭއްވުނު 29 އަތޮޅު ޤުރުއާން މުބާރާތުން ޤައުމީ މުބާރަތަށް ދާ ކުދިން ހޮވައިފިއެވެ އޭޕްރީލް 24 - 25 ށް ތުޅާދޫ ގައި ބޭއްވި މި މުބާރާތުން 13 ދަރިވަރަކު ވަނީ ގައުމީ މުބާރަތަށް ހޮވައިފަ އެވެ. އެއީ ސްކޫލުތަކުން 12 ދަރިވަރުންނާއި އަމިއްލަ ގުރުއާން ކުލާސްތަކުން އެއް ދަރިވަރެވެ. ބ. އަތޮޅުގެ ހަ ސްކޫލަކުންނާއި ބައެއް އަމިއްލަ ގުރުއާން ކްލާސްތަކުން ޖުމްލަ 48 ކުދިން ވާދަކުރި މި މުބާރާތުން ގައުމީ މުބާރާތަށް ހޮވިފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހައްވާ ފަރާހަތު އާއި، ހަފްނާ ޝަކީބް އާއި، އަޝްހާ އަލީ ވަހީދުއާއި، ފާތުމަތު ޔުމްނާ އާތިފް އާއި މުހައްމަދު ނާއިސް އަދި ހިޝްމާ ޚާލިދު އިތުރުން ތުޅާދޫ ސްކޫލުންެ އައުފާ ރަޝީދު އާއި، އިޝާ ރަޝީދު އާއި، އަހްމަދު ނަޒީޒު އާއި ފާތުމަތު ޒާހިރާ އެވެ. އަދި ހިތާދޫ ސްކޫލުން އައިޝަތު ނަޖްލާ އާއި އަނާ އަބްދުﷲ ގެ އިތުރުން އޭދަފުށީ ތުތިޔަ ސްޕެޝަލް ގުރުއާން ކުލާހުން އައިޝަތު ދިފްލާ ވެސް ގައުމީ މުބާރާތަށް ވަނީ ހޮވިފަ އެވެ. ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް 1435 ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު މާލޭގައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ކުރީކޮޅު ފުރަތަމަ ޓާމުގެ ބަންދުތެރޭ ގަ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit