ކައުންސިލް ލޮގިން

15 ޑިސެންބަރ

އަތޮޅު ކައުންސިލް ބަށި މުބާރާތު ގެ ގުރުއަތުލުން ބާއްވައިފި

ބޮޑު ޗުއްޓީ އާއި ދިމާކޮށް ބ އަތޮޅު ކައުންސިލުގެ ފަރާތުން ބާއްވާ ބަށި މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ. މި މުބާރާތުގެ މަގްޞަދަކީ ބ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރު އާލާކުރުމާއި އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އިތުރުން ބ. އަތޮޅުގައާއި އަދި ރާއްޖޭގައި ބަށި ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދަދިނުމެވެ.

މުބާރާތުގައި ބައިވެރިވެފައި ވަނީ 6 ޓީމެވެ. 6 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. ހޯމަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ކެންދޫ، މާޅޮސް އަދި ގޮއިދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ އޭދަފުށި، ކިހާދޫ އަދި ތުޅާދޫ އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭދަފުށީގެ ސްޓޭޖް ސަރަހައްދުގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 1500 ރުފިޔާ ލިބެއެވެ.

ޑައުންލޯޑް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit