ކައުންސިލް ލޮގިން

18 ޑިސެންބަރ

ބ އަތޮޅު ކައުންސިލުގެ 1 ވަނަ ބަށިމުބާރާތުގެ ފައިނަލަށް ގޮއިދޫ އަދި އޭދަފުށި ދަތުރުކޮށްފި

ބ އަތޮޅު ކައުންސިލުގެ 1 ވަނަ ބަށި މުބާރާތުގެ ސެމީފައިނަލް 2 މެޗް ކުޅެފި އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލު ކުރީ ގޮއިދޫ އާއި ތުޅާދޫ އެވެ.

މެޗް ގޮއިދޫ ކާމިޔާބު ކޮށްފައިވަނީ 39 ލަނޑު 1 ފޯލި އިން ތުޅާދޫ މަށްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގައި ތުޅާދޫއަށް ދެ އިނިންގްސް ނިމުނު އިރު ހެދިފައި ވަނީ  24 ލަނޑު 10 ފޯލި އެވެ.

މި މެޗާއި އެކު ގޮއިދޫ ވަނީ  އެއްވެސް މެޗަކުން ބަލި ނުވެ  ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.

މި މެޗުގެ ކުއީން އޮފް ދަ މެޗް އަކަށް ހޮވިފައި ވަނީ ގޮއިދޫ ޓީމުގެ ބިބް ނަމްބަރ 11 ފާތިމަތު މިލްނާ އެވެ. މިލްނާ ވަނީ މި މެޗުގައި 98 ބޯޅަ ސައިކޮށް 11 ބޯޅަ ހިފައި ޓިމަށް 142 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ.

މި މެޗް ޝަރަފުވެރި ކޮއްދެއްވީ ފެނެކަ ކޯޕަރޭޝަން ގެ ބ އަތޮޅުގެ ރީޖަނަލް މެނޭޖަރ އަލްފާޟިލް އަލީ ޝަފީޤު އެވެ.

DSCF0610

މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ބައްދަލުކުރީ އޭދަފުށި އަދި މާޅޮސް އެވެ.

އޭދަފުށި ވަނީ މި މެޗް 38 ލަނޑު 11 ފޯލި އިން ކާމިޔާބު ކޮށް ފައިނަލުގެ 2 ވަނަ ޖާގަ ކަށަވަރު ކޮށްފައެވެ.

މި މެޗުގައި މާޅޮސް އަށް ދެ އިނިންގްސް ނިމުނު އިރު ހެދިފައި ވަނީ 17 ލަނޑު 6 ފޯލި އެވެ.

މި މެޗުގެ ކުއީން އޮފް ދަ މެޗް އަކަށް ހޮވިފައި ވަނީ އޭދަފުށީގެ ބިބް ނަމްބަރ 7 ހައްވާ އަބުދުއްރަހުމާން އެވެ. ހައްވަ ވަނީ 52 ބޯޅަ ސައިކޮށް 22 ބޯޅަ ހިފާ ޓީމަށް 140 ޕޮއިންޓް ހޯދާދީފައެވެ.

މި މެޗް ޝަރަފުވެރި ކޮށްދެއްވީ ބ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަލްފާޟިލް މަބްރޫކު ނަޞީރު އެވެ.

 

މިމުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހުކުރުދުވަހު އެވެ. ފަިނަލްގައި ބައްދަލު ކުރާނީ އޭދަފުށި އަދި ގޮއިދޫއެވެ. މެޗް ފެށުމަށް ހަމަޖެހިފައިވާ ގަޑި އަކީ ހަވީރު 16:00 އެވެ

1 ޚިޔާލު

  • ކުއްލިސާ ލިޔުނީ : ކުއްލިސާ ބުރާސްފަތި, 18 ޑިސެންބަރ 2014 22:26

    އިރާދަ ކުރެއްވިއްޔާ އޭދަފުށި މޮޅުވާނެ

    ޚިޔާލު ފާޅުކުރުމަށް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit