ކައުންސިލް ލޮގިން

19 ޑިސެންބަރ

ބ.އަތޮޅު ކައުންސިލުގެ ބަށި މުބާރާތް 2014 ޗެންޕިއަން ކަން އޭދަފުށީ ޓީމް ހޯދައިފި.

ބ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި " އަތޮޅު ކައުންސިލްގެ ބަށި މުބާރާތް 2014 " ޗެންޕިއަންކަން އޭދަފުށީ ބަށި ޓީމް ހޯދައިފިއެވެ. ދެ ގްރޫޕަކަށް ބަހާލެވިގެން މި މަހުގެ 15 – 19 އަށް ކުރިއަށް ދިޔަ މުބާރާތުގެ ޖުމްލަ 6 ރަށަކުން ބައިވެރި ވިއެވެ . އެއީ ތުޅާދޫ ، ކެންދޫ ، ކިހާދޫ ، ގޮއިދޫ ، މާޅޮސް ، އަދި އޭދަފުއްޓެވެ.  އޭދަފުށީ މި މުބާރަތް ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެނެންނެވެ. ފައިނަލްމެޗްގައި ގޮއިދޫ ޓީމާ ބައްދަލުކޮށް މެޗް ނިމިގެން ދިޔައީ ، ގޮއިދޫ 30 ލަނޑު 00 ފޯލި ، އޭދަފުށި 33 ލަނޑު 5 ފޯލި އެވެ.

DSCF0786

މި މުބާރާތުގެ ބަށި ރާނީ އަކަށް ހޮވުނީ ގޮއިދޫ ޓީމް ގެ ޖާރޒީ ނަމަބްރު 11 ފާތިމަތު މިލްނާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ބަށި ޓީމްގެ ޖާރޒީ ނަމްބަރު 6 އާމިނަތު މޫސާ އެވެ. އެންމެ ގިނަ ބޯޅަ ސައި ކުރި ކުޅުން ތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމްގެ ޖާރޒީ ނަމްބަރު 11 ފާތިމަތު މިލްނާ އެވެ.  އެންމެ ގިނަ ބޯޅަ ހިފި ކުޅުން ތެރިއަކަށް ހޮވުނީ އޭދަފުށި ޓީމް ގެ ޖާރޒީ ނަމްބަރު 7 ޙައްވާ އަބްދުއްރަޙްމާނެވެ.

 

DSCF0757

ދިރާގު ހެޔޮ އެދުންތަކާއެކު އަތޮޅު ކައުންސިލުން ހިންގި މި މުބާރާތުގެ ޝަރަފްވެރި މެހްމާނަކީ ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރ މެނޭޖަރ އަބްދުﷲ ޞާދިޤުއެވެ. ޗެންޕިއަން ޓީމަށް މިލްކުވާ ތައްޓާއި 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅުނެވެ. އަދި ރަނަރ އަޕް ޓީމަށް 15000 ރުފިޔާ އާއި މިލްކުވާ ތައްޓެއް އިނާމްގެ ގޮތުގައި ދެވުނެވެ. މި މުބާރާތް އަންނަ އަހަރުވެސް ކުރިއަށް ގެންދިއުމަށް އަތޮޅުކައުންސިލުން ވަނީ ހަމަޖައްސާ 2015 ވަނަ އަހަރުގެ ވޯކް ޕްލޭންގައި ވަނީ ހިމަނާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit