ކައުންސިލް ލޮގިން

23 ޑިސެންބަރ

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބ އަތޮޅު ކައުންސިލުގެ އިދާރާގައި ބާއްވައިފި

 ދިވެހި ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ އަތޮޅު ކައުންސިލުގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބައްވައިފިއެވެ.

މިއަދު ހެނދުނު 5:50 ގައި ފެށުނު މިރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.

1

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަލްފާާޟިލް މަބްރޫކް ނަޞީރު ވިދާޅުވި ގޮތުގައި ޤައުމީދުވަސް ފާހަގަ ކުރެވިގެން މިދަނީ ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުގައި ދިވެހިން 15 އަހަރަށްވުރެ ދިގު މުއްދަތެއް ތަހައްމަލް ކުރަމުން ދަނިކޮށް، އުތީމު މަހާރަދުން އެކަލޭގެފަނުގެ މީސްކޮޅުމަދު ލަޝްކަރާއި އެކު ދުޝްމަނުންނާއި ހަނގުރާމަކުރައްވައި ކުރެއްވި ޖިހާދުގައި މިލޮބުވެތި ފަސްގަނޑު މިނިވަން ފަސްގަނޑެއްގެ ގޮތުގައި ހައްދަވައި ދެއްވި ތާރީޚީ ފަޚުރުވެރި ދުވަހާއި ގުޅުވައިގެންނެވެ. އަދި މި ދުވަހުން އަދުގެ ޒުވާނުން އިބުރަތް ހާސިލުކޮށް އަޒުމް އާކުރަންޖެހެއެވެ.

3

ޤައުމީދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދުވަހުގެ ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް އާދެ، ބޮޑުތަކުރުފާނު، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިގުލާލުގެ ދިފާއުގައި ކުރެއްވި ތާރީޚީ ޖިހާދުގެ މަތިން ހަނދާންކޮށް، އެތަކުރުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުންއެދި އެކަލާންގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit