ކައުންސިލް ލޮގިން

25 ޑިސެންބަރ

އަތޮޅު ކައުންސިލުގެ 2 ވަނަ ދައުރުގެ 36 ހަވަނަ ޖަލްސާ ބާއްވައިފި

މިއަދު ހެނދުނު ބ އަތޮޅު ކައުންސިލުގެ ޖަލްސާ ކުރާ މާލަމުގަ ކުރިޔަށް ދިޔަ މި ޖަލްސާގައި އަތޮޅު ކައުންސިލުގެ 3 މެމްބަރުންނާއި އެކު ކައުންސިލުގެ ނައިބްރައީސް ، ކައުންސިލުގެ އިދާރާގެ ޒިންމާދާރު ވެރިޔާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.މި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު އާދިލް އެވެ.

މި ޖަލްސާގައި މައިގަޑުގޮތެއްގައި 7 ކަމެއް އެޖެންޑާ ކުރެވިފައި ވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް މަޝްވަރާކުރެވިފައިވަނީ ކައުންސިލުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން "ހަނިފަރު" ލޯންޗުގައި ހަފްތާ ބަންދާއި ދިމާކޮށް ކުލީ ދަތުރު މާލެއަށް ކުރުމާއި މެދު އިޤްތިޞާދީ ކޮމެޓީއިން ނިންމި ނިންމުމަށް ގޮތެއްނިންމުމާއި މެދުގައެވެ. އެ ގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި މި 3 ދުވަހު އޭދަފުށި- މާލެ، މާލެ - އޭދަފުށި ކުލީ ދަތުރު ކުރުމަށާއި، އޭދަފުށިން ފުރާނީ ކޮންމެ ދުވަހެއްގެ 11 ޖަހާއިރު ކަމަށާއި އަދި މާލެއިން ފުރާނީ ކޮންމެދުވަހެއްގެ 3 ޖަހާއިރު ކަމަށާއި، އަގެއްގެ ގޮތުގައި ކަނޑައަޅާނީ އޭރަކު މާކެޓްގައި އޮންނަ އެންމެ ދަށް އަގެއް ކަމަށާއި، އިދާރާއިން ކަނޑައަޅާ އުސޫލަކުން ދެކޮޅަށްވެސް އިދާރާއިން ޓިކެޓްވިއްކައިގެން ވީހާވެސް އަވަހަށް ދަތުރު ފެށުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

ދެވަނަ ކަމަކަށް މަޝްވަރާކުރެވިފައި ވަނީ ކިހާދޫ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާއަށް އެހީ އެއް ހޯދުމަށް އެދި ކިހާދޫ ކައުންސިލުގެ އިދާރާއިން އެދިފައިވާ މައްސަލައަށް ގޮތެއް ނިންމުމާއި މެދުގައެވެ. އެގޮތުން ކިހާދޫ ސްކޫލުން ހުށަހަޅާފައިވާ އެސްޓިމޭޓްގައި ހިމެނޭ ސެޓްފިކެޓް ގަތުމަށާއި ޕްރިންޓް ކުރުމަށް -/3500 ރުފިޔާގެ އެހީއެއް ދިނުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

ތިންވަނަ ކަމަކަށް މަޝްވަރާކުރެވިފައި ވަނީ ފުޅަދޫ ސްކޫލުގެ 2013 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާއަށް އެހީ އެއް ހޯދުމަށް އެދިފައިވާ މައްސަލައަށް ގޮތެއް ނިންމުމާއި މެދުގައެވެ. އެގޮތުން ފުޅަދޫ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާއަށް އެހީއެއްގެ ގޮތުން -/2500 ރުފިޔާ ދިނުމަށް ފެންނަ ކަމަށް ވަނީ ނިންމާފައެވެ.

ހަތަރުވަނަކަމަކަށް މަޝްވަރާކުރެވިފައި ވަނީ އަތޮޅު ކައުންސިލު އިދާރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް ކުޅިވަރު ސާމާނު ހޯދުމަށް އިޤްތިޞާދީ ކޮމެޓިއިން ނިންމެވި ނިންމުމަށް ގޮތެއް ނިމްމުމާއި މެދުގައެވެ. އެގޮތުން އަތޮޅު ކައުންސިލަށް ޚާއްސަ 2 ޖާޒީބައި ގަތުމަށް ފެންނަ ކަމަށާއި، އަދި ބަޖެޓް ތައްޔާރު ކުރާއިރު އެފަދަ ތަކެތި ބަޖެޓުން ގަނެވޭނެ ގޮތަކަށް ބަޖެޓް ހެދުމަށް ފެންނަކަމަށް ވަނި ނިންމާފައެވެ.

ފަސްވަނަކަމަކަށް މަޝްވަރާކުރެވިފައި ވަނީ ދަރަވަންދޫ ސްކޫލުގެ 2013 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާއަށް އެހީ އެއް ހޯދުމަށް އެދިފައިވާ މައްސަލާގައި އިޤްތިޞާދީ ކޮމިޓީން ނިންމެވި ނިންމުމާއި މެދު ގޮތެއް ނިންމެވުމާއި މެދުގައެވެ. އެގޮތުން އެ މަދަރުސާއަށް އިނާމަށް އެހީއެއްގެ ގޮތުން -/4000 ރުފިޔާ ދިނުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

ހަވަނަކަމަކަށް މަޝްވަރާކުރެވިފައި ވަނީ ކަމަދޫގައި އަލަށް އާބާދުވާ ގެތަކާއި ގުޅިފައިވާ މަގުތަކުގައި ހުރި ރުތްތައް ނެގުމަށް އެހީ އަށް އެދިފައިވާ މައްސަލާގައި އިޤްތިޞާދީ ކޮމިޓީން ނިންމެވި ނިންމުމާއި މެދު ގޮތެއް ނިންމެވުމާއި މެދުގައެވެ. އެގޮތުން މި މަސައްކަތުގެ ތާވަލަށް ބަލައި މަސައްކަތުގެ ދެބައިކުޅަ އެއްބައި ހާސިލުކޮށްފައިވާނަމަ ރަމްޒީ އެހީއެއްގެ ގޮތުގައި -/5000 ރުފިޔާ ދިނުމަށް ފެންނަކަމުގައި ވަނީ ނިންމާފައެވެ.

ހަތް ވަނަކަމަކަށް މަޝްވަރާކުރެވިފައި ވަނީ އިދާރާ ހިންގުމުގެ އުޞޫލުތަށް ފާސްކުރުމާއި މެދުގައެވެ. އެގޮތުން ހުރިހާ ކައުންސިލަރުންނާއި، ސެކްޝަންތަކުގެ ހެޑުންވެސް ބައިވެރިވާގޮތަށް މިކަމުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ކައުންސިލަށް ގެނެސް ފާސްކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ.

ޖަލްސާގެ ނިންމުންތައް ޑައުންލޯޑް ކުރުމަށް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit