ކައުންސިލް ލޮގިން

19 ޖެނުއަރީ

ބ އަތޮޅު ކައުންސިލުގެ މެމްބަރުންނާއި އެކީ އޭދަފުށީ ކައުންސިލުގެ މެމްބަރުނާއި ޕީޖީ ބައްދަލު ކުރައްވައިފި

އަތޮޅުތަކުގައި މައްސަލަތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ނ. ރ. އަދި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މިއަދު ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިވާހަކަފުޅު ދައްކަވަމުން މުހުތާޒު ވިދާޅުވީ ކައުންސިލްތަކާއި ފުލުހުންގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ރާވައި ކުށްތަކަށް އަރައިގަތުން މަދުކުރުމަށް މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ކަމަށެވެ. އަދިކުށްމަދުކުރުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ފުލުހުންގެމައްސޫލިޔަތެއް ކަމުގައި ނުދެކުމަށާއި އެއީ ކޮންމެ ފަރުދެއްގެ ވެސް އަދިސަރުކާރުގެ ކޮންމެ މުއައްސަސާއެއްގެ ވެސް ޒިންމާއެއް ކަމަށް މުހުތާޒުވިދާޅުވި އެވެ.

އަތޮޅުކައުންސިލުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަތޮޅުކައުންސިލުގެ ރައީސް ވިދާޅުވީ މި އަތޮޅުގައި ދުވަހެއް ދުވަހަކަށް ކުށް އިތުރުވަމުންދާކަމަށާއި، އަދި މިކަން ކޮންޓްރޯލް ކުރުމަށްޓަކައި އޭދަފުށި ޕޮލިސްޓޭޝަނާއި މަޝްވަރާކުރެވިފައިވާނެ ކަމަށާއި އަދި ކުށްތައް ތަކުރާރުކޮށް ކުރަމުން ދަނީ ޖުމްލަ ގޮތެއްގައި އެއްބައެއްކަމަށެވެ. ކުށްކުރާފަރާތްތަކަށް އެކަށީގެންވާ އަދަބެއް ނުލިބުމުގެ ސަބަބުން ކުށްކުރާމީހުން ދުވަހެއްދުވަހަކަށް އިތުރުވެ މުޖުތަމައު އަށް ވަނީ ހީވެސް ނުކުރެވޭފަދަ ނޭދެވޭ އަސަރުތަކެށް ކޮށްފައެވެ.

މިކަންތަށް ހައްލު ކުރުމަށްޓަކައި ކުށްކުރާފަރާތްތަކުގެ ތަހްޤިޤީ މަރުހަލާ ނިމި އެފަރާތްތަކާއި މެދު އެކަށީގެންވާ އަވަސްފިޔަވަޅުތަކެއް އަޅައިދެއްވުމަކީ މިއަތޮޅު ކުށުގެ ވެށިން ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެކަމަކަށްވާތީ މިކަން އަވަސްކޮށްދެއްވުމަށްވެސް އަތޮޅުކައުންސިލުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ މީގެ ކުރިން ބ. އަތޮޅަކީ މުޅިރާއްޖެ އަށް ބަލައިފި ނަމަ ކުށްކުރުން އެންމެ މަދު އެއްއަތޮޅު ކަމަށާއި އެހެން ނަމަވެސް މިހާރު ބ. އަތޮޅުގައި ވެސް ކުށްކުރުމުގެމިންވަރު ބިރުގަންނަން ޖެހޭ ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 2011ވަނަ އަހަރު 26 މައްސަލަ 2012 ވަނަ އަހަރު 40 މައްސަލަ 2013 ވަނަ އަހަރު16 މައްސަލަ އެ އަތޮޅުން ޕީޖީ އަށް ހުށައެޅިފައިވާ އިރު، 2014 ވަނަ އަހަރު109 ޖިނާއީ މައްސަލަ ޕީޖީ އޮފީހަށް ހުށައެޅިފައިވާކަން މުހުތާޒުފާހަގަކުރެއްވި އެވެ.

ކޮންމެ އަތޮޅަކުން ވެސް އެއަތޮޅެއްގައި ހިނގާ މައްސަލަތައް ތަހުގީގުކޮށްއަދި ދައުވާކޮށް އެއަތޮޅެއްގައި މައްސަލަ ނިންމޭނެ އިންތިޒާމްހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތަށް އަމަލުކުރަން ފެށުމުން މައްސަލަތައް ފުނިޖެހުން މަދުވެ މައްސަލަތައް ނިންމޭލެއްއަވަސްވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މުހުތާޒު ވަނީވިދާޅުވެފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތައްކުރިން ބަލަމުން ގެންދަނީ މާލެއިން ނަމަވެސް މިހާރު ރައްރަށުގެ ރަށުކޯޓްތަކަށް ހުށައެޅިގެން ދާދިޔުމަކީ ވެސް މައްސަލަތައް ނިންމުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އަވަސްކަމެއް ކަމުގައި ޕީޖީ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުން އޮތީ ބ އަތޮޅު ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit