ކައުންސިލް ލޮގިން

1 ޖެނުއަރީ

ނޯތް ޕޮލިސް ޑިވިޝަން ގެ ބ އަތޮޅު އެޓޯލް ކޮމާންޑަރެއްގެ ގޮތުގައި އަލަށް ހަވާލުވި އިންސްޕެކްޓަރ އިބުރާހީމް ވަހީދު އަތޮޅުކައުންސިލުގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި

ބ އަތޮޅު އެޓޯލް ކޮމާންޑަރެއްގެ ގޮތުގައި 2015 ފެބުރުއަރީ 01 ވަނަ ދުވަހުން ފެށިގެން ޕޮލިސްޓޭޝަނާއި ހަވާލުވި އިންސްޕެކްޓަރ އިބުރާހީމް ވަހީދު އަތޮޅުކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ބ އަތޮޅުކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބ އަތޮޅަކީ ކުށްކުރުންމަދު މީހުން ދިރިއުޅޭ އަތޮޅަކަށް ހެދުމާއި މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައާއި ގުޅޭގޮތުން އަމަލުކުރަންވީ ކޮންގޮތަކަށްކަން އާންމުން މިހާރަށްވުރެވެސް ބޮޑަށް ހޭލުންތެރި ކުރުމާއި ގުޅޭގޮތުންނެވެ. އަދި ފުލުހުންގެ މަސައްކަތް ވީހާވެސް ފުޅާ ދާއިރާއެއްގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އަތޮޅުކައުންސިލް އަދި ރަށުކައުންސިލް ތަކާއި ފުލުހުންނާއި ގުޅިގެން ކަންކަން ކުރިއަށްގެންދިޔުމަށް ވެސް މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި ބ އަތޮޅުކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި މިއަތޮޅުގައި ކުށްމަދު ކުރެއްވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމުގައި ފަސްޖެހުމެއް ނެތި އަބަދުވެސް މަސައްކަތްކޮށްދެއްވާނެ ކަމަޝާއި އަދި މީގެ ކުރިންވެސް  އޭދަފުށިޕޮލިސްޓޭޝަންއާއި އެކު މިއަތޮޅުގައި ކުށްމަދުކުރުމަށްޓަކައި ތަފާތު މަޝްވަރާތަކެއްކުރެވެިފައިވާނެ ކަމަށާއި އަދި މިކަމުގައި އަތޮޅުކައުންސިލުގެ ފުރިހަމަ އެއްބާރުލުންލިބޭނެކަމަށްވެސް އަތޮޅުކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit