ކައުންސިލް ލޮގިން

1 ޖެނުއަރީ

އިންފޮމޭޝަން ކޮމިޝަނަރ އަތޮޅުކައުންސިލް އަދި އޭދަފުށީ ކައުންސިލުގެ މެމްބަރުންނާއި ބައްދަލިކުރައްވައިފި

އިންފޮމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން 2015 ފެބްރުއަރީ 01 ން 03 އަށް އޭދަފުށީގައި ކުރިއަށް ގެންދާ ޓްރެއިނިންގ ސެޝަން ދަތުރުގައި އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު އަތޮޅުކައުންސިލް އަދި އޭދަފުށި ކައުންސިލުގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދެވުނީ އަތޮޅުކައުންސިލުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި މައުލުމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ކޮންމެ މުއައްސަސާއެއްގައިވެސް އިންފޮމޭޝަން އޮފިސަރަކު ކަނަޑައަޅަން ބުނެފައިވާއިރު އަދިވެސް ބައެއް މުއައްސަސާތަކުގައި އިންފޮމޭޝަން އޮފިސަރުން ކަނޑައަޅާފައި ނުވާކަމަށާއި، ވި އެންމެ އަވަހަކަށް އެކަން ކޮށްދެއްވުމަށް ކޮމިޝަނަރުވަނީ އެދިވަޑައިގެންފައެވެ. އަދި މިގޮތުން ޤާނޫނު ތަންދޭ އެންމެ މަތީ މިންވަރަކަށް މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ އެންމެނަށްވެސް ފޯރުކޮށްދިނުމުގެ އިތުރުން މައުލުމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ފޮރުކޮށްދޭން ޖެހޭ މައުލޫމާތެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯރުކޮށްދިނުމަށްވެސް ކޮމިޝަނަރު އެދި ވަޑައި ގެންނެވިއެވެ.

02.02.2015
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަތޮޅުކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވިގޮތުގައި އިންފޮމޭޝަންކޮމިޝަނަރ މިފަދަ ދަތުރުފުޅެއްގައި ވަޑައިގެން އަތޮޅުކައުންސިލުގެ މެމެބަރުންނާއި ބައްދަލުކުރެއްވީތީ އެމަނިކުފާނަށް ޝުކުރުއަދާކުރައްވާ ކަމަށާއި އަދި އަތޮޅު ކައުންސިލުން އެދެނީ އިންފޮމޭޝަން ކޮމިޝަންއިން ކުރައްވާ މަސައްކަތުގެ ސަބަބުން މައުލުމާތުތައް އެންމެ ފުރިހަމަގޮތެއްގައި ރައްޔިތުންނަށް ފަސޭހަކަމާއި އެކު ލިބިގެންދިއުމެވެ. އަދި މިކަމުގައި އަތޮޅުކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

02.2.2015
އަދި މީގެ އިތުރުން މިހާރު އެންމެބޮޑަށް ކަންބޮޑުވާކަމަކީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދަން ވަރަށްބޮޑު ދަތިތަކެއް ހުރުމެވެ. މި ޤާނޫނު ތަންފީޒު ކުރަމުންދާއިރު މިކަންތައްތައް ވެސް ހައްލުވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި މިކަންތަށް ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެށް ކޮމިޝަނަރ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިޤާނޫނު ތަންފީޒުކުރުމުގައި އަތޮޅުކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އަތޮޅުކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit