ކައުންސިލް ލޮގިން

10 ފެބްރުއަރީ

ބ އަތޮޅު އުތުރުގެ ރަށްތަކުގެ ކައުންސިލު ރައީސުން އަދި ޒިންމާދާރުވެރިންނާއި ބ އަތޮޅު ކައުންސިލުގެ މެމްބަރުން ބައްދަލު ކުރައްވައިފި

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުންނާއި، 2015 ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިއަށް ގެންދާ ކަންތައްތަކާއި ގުޅޭގޮތުން ރަށުކައުންސިލްތަކާއެކު މަޝްވަރާ ކުރުމެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އަތޮޅުގެ އުތުރު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، ޒިންމާދާރުވެރިންގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އަތޮޅުކައުންސިލްގެ ޔުނިޓްތަކުގެ އިސްވެރިންނެވެ. މިބައްދަލުވުމުގައި މައިގަޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އަތޮޅުކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނިގެން ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އަތޮޅު ޤްރުއާން މުބާރާތާއި، ވާހަކަ ދެއްކުމުގެ މުބާރާތް ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭގޮތުންނާއި، ކައުންސިލްތަކުގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ރަނގަޅުކުރުމާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން އިދާރާ ހިންގުމުގައި ހުރި ދަތިތަކާއިބެހޭ ގޮތުންނާއި އިދާރާހިންގުން ކުރިއަށްވުރެ ހަރުދަނާ ކުރުމާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

IMG 2991
މީގެ 2 ވަނަ ބައްދަލުވުން 15 ފެބްރުއަރީ 2015 ވާ އާދީއްތަ ދުވަހު މި އަތޮޅުގެ ދެކުނުގެ ރަށްތަކަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުން ކުރިޔަށް ގެންދެވުނީ ހެނދުނު 11:15 އިން މެންދުރު 12:30 އަށް އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit