ކައުންސިލް ލޮގިން

12 ފެބްރުއަރީ

ބ އަތޮޅު ކައުންސިލުގެ އިދާރާގެ 01 ވަނަ ބަށި މުބާރާތުގައި ކައުންސިލް އިދާރާގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި

2014 ވަނަ އަހަރު ބ އަތޮޅަށް ހުޅުވާލައިގެން ބޭއްވުނު " ބ އަތޮޅު ކައުންސިލުގެ 01 ވަނަ ބަށި މުބާރާތް 2014" ކާމިޔާބު ކަމާއި އެކު ނިންމާލެވުމުގެ އަސްލު ކަމުގައިވާ ބ އަތޮޅު ކައުންސިލުގެ އިދާރާގެ ހީވާގި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކައުންސިލު އިދާރާއިން އިންތިޒާމްކޮށްގެން މުވައްޒަފުންނަށް ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ ބ އަތޮޅު ކައުންސިލުގެ އިދާރާގެ އ. ފައިނޭންސް އޮފިސަރ ބަޝިރާ އަބުއްލަތީފް އެވެ. ދެވަނަ އައިޓަމްއަކަށް އޮތީ ހަފްލާ ތައާރަފްކުރުމެވެ. މި ބައި ފުރިހަމަކޮށްދެއްވީ އަތޮޅު ކައުންސިލުގެ އިދާރާގެ އ. އެޑްމިނިސްޓްރޭޓިވް އޮފިސަރ ފަޒީނާ އިދްރީސް އެވެ. ތިންވަނަ އައިޓަމް އަކަށް އޮތީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ބައްސަވައި ދިނުމެވެ. މި ބައި ފުރިހަމަކޮށްދެއްވީ ބ އަތޮޅު ކައުންސިލުގެ އިދާރާގެ ރައީސް އަލްފާޟިލް މުހައްމަދު އާދިލް އެވެ. އެއްފަހު އޮތީ ރައީސް މުހައްމަދު އާދިލްގެ ވާހަކަފުޅު ދެއްކެވުމެވެ.

Dinner
ކައުންސިލުގެ އިދާރާގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާލުވި ގޮތުގައި މިއީ މިހާތަނަށް ބ އަތޮޅުގެ ތާރީޚްގައި މުޅި އަތޮޅަށް ހުޅުވާލައިގެން ކާމިޔާބުކަމާއި ސުލްހަ މަސަލަސްކަމާއިއެކު އެއްވެސް މައްސަލައެއް ކުރިމަތިނުވެ ނިންމާލެވުނު ފުރަތަމަ ބަށި މުބާރާތެވެ. އެގޮތުން މި މުބާރާތް މިހާ ފުރިހަމަ ގޮތެއްގައި ނިންމާލެއްވުމުގައި އަތޮޅު ކައުންސިލުގެ އިދާރާގެ ހީވާގި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމުގައެވެ. ރައީސް އަށްފަހު އަތޮޅުކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބުދުލް މަޖީދު ހަސަން އެވެ.
ދެން އޮތީ މިހަފްލާގެ ޝުކުރުދެއްނެވުމުގެ ބައެވެ. މި ބައި ފުރިހަމަ ކޮށްދެއްވީ ބ އަތޮޅު ކައުންސިލުގެ މެމްބަރ އަލްފާޟިލް އިބްރާހިމް ރަޝިދުއެވެ.
ހަފްލާ ނިންމާލެއްވީ އަތޮޅު ކައުންސިލުގެ ފަރާތުން މުވައްޒަފުންނަށް ދެއްވި ރޭގަނޑުގެ ފަރީކުޅުއްވުމަކުންނެވެ.
މި ހަފްލާގައި އޭދަފުށީގައި ހުރި ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ހަފްލާ ކުރިޔައް ދިޔައީ އަތޮޅުގޭގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit